ads
އަނުޝްކާ އަދި ވިރާތު--
އަނުޝްކާ އާއި ވިރާތުގެ ކައިވެންޏަށް ދެ އަހަރު: މުޅިން އާ ފޮޓޯތަކެއް!
އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީގެ ކައިވެނީގެ ދެވަނަ އަހަރު މިއަދު ފާހަގަކުރަމުން ދާއިރު، އެމީހުން ވަނީ ކައިވެނި ހަފްލާގެ ކުރިން ނުފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީގެ ކައިވެނީގެ ދެވަނަ އަހަރު މިއަދު ފާހަގަކުރަމުން ދާއިރު، އެމީހުން ވަނީ ކައިވެނި ހަފްލާގެ ކުރިން ނުފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

އެގޮތުން އަނުޝްކާ ހިއްސާ ކުރި ފޮޓޯ އަކީ އޭނާ އާއި ވިރާތު، ކަޅާއި ހުދުން ފެންނަ ފޮޓޯ އެކެވެ. އެ ފޮޓޯއާއެކު އަނުޝްކާ ވަނީ އަސަރު ގަދަ ކެޕްޝަނެއް ވެސް ލިޔެފަ އެވެ.



ހަމަ އެގޮތަށް ވިރާތު ވެސް ވަނީ އެ ދެ މީހުންގެ ފޮޓޯ އަކާއެކު އަސަރު ގަދަ ކެޕްޝަނެއް ލިޔެ، ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.



އަނުޝްކާ އާއި ވިރާތު ކައިވެނި ކުރީ ޑިސެމްބަރު 11، 2017 ގައި އިޓަލީގަ އެވެ. ކައިވެންޏަށް އެއް އަހަރުވުމުން އެ މީހުން މިދިޔަ އަހަރު ވަނީ ވެޑިންގެ ހާއްސަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

ދާދި ފަހުން އެ ދެމީހުން ވަނީ ވިރާތުގެ އުފަން ދުވަސް ފާހަގަކުރުމަށް ބޫޓާނަށް ވެސް ގޮސްފަ އެވެ. އެ ދަތުރުގެ ގިނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާއްމު ކުރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް