ads
އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއެއް
އެމެރިކާއިން އެއް ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ 47،000 ކޭސް
އެމެރިކާގައި އިއްޔެ އެކަނި ވެސް 47000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަންގާރަ ދުވަހު އިތުރުވި ކޭސްތަކުގެ އަދަދަކީ ޔޫއެސްގައި އެއް ދުވަހެއްގެ ތެރޭގައި ރިޕޯޓުކޮށްފައިވާ އެންމެ ގިނަ ކޭސްތަކެވެ. އަދި އެ އަދަދު ދެ ގުނައަށް އިތުރުވުން އެކަށިގެންވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން އެގައުމުގެ ކެލިފޯނިއާ، ޓެކްސަސް އާއި އެރިޒޯނާ ފަދަ ސަރަހައްދު ތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުކަން ފާހަގަކުރެވެ އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ބޮޑަކަށް ހުންނަ ޑރ. އެންތޮނީ ފައުސީ ވިދާޅުވީ ބަލި ޖެހުން ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތު އިތުރަށް ގޯސް ވެދާނެކަމުގެ ބިރު ބޮޑުވެފައި ވާކަމަށެވެ.

ފައުސީ އިތުރަށް ވިދާޅުވީ އެގައުމުގައި ބަލި ފެތުރުމާއި ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް ނާޅާއިފިނަމަ އެއް ދުވަހުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100،000 އަށް އިތުރުވެދާނެ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ ދިހަ ސްޓޭޓެއްގައި ކޮވިޑް-19 ގެ ކޭސްތައް ވަނީ ދެގުނަ އަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން އެ ބަލީގައި އެމެރިކާގެ 126،000 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް