ads
އެންވާރެމެންޓް މިނިސްޓަރާއި ސްޓެލްކޯގެ އެމްޑީ--
ކަރަންޓު ބިލް ބޮޑުވި މައްސަލާގައި އެންވާރަމެންޓް މިނިސްޓްރީން ސްޓެލްކޯއާއި ބައްދަލުކުރަނީ
ކަރަންޓް ބިލް ބޮޑުވި މައްސަލާގައި އެންވާރަމެންޓް މިނިސްޓްރީން ސްޓެލްކޯއާއި ބައްދަލުކުރަން ނިންމާފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ޝަޒްރާ ޝާހިބް "ސީއެންއެމް" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު އެންވާރަމެންޓް މިނިސްޓްރީން ސްޓެލްކޯއާއި ފެނަކައާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ބައްދަުވުމުގައި ނިމި ދިޔަ ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވި މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެކަން ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅޭ ގޮތުން އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދް ހަސަން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ޖޫން މަހުގެ ކަރަންޓް ބިލް ބައެއް ގޭގެއިން ބޮޑުވި މައްސަލާގެ ޝަކުވާ އެންވާރަމެންޓް މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށެވެ. އަދި މިކަން ދިމާވަން މެދުވެރިވި ސަބަބު ގާތުން ބެލުމަށް މިނިސްޓްރީއަށް އިރުޝާދުދެވިފައި ވާނެ ކަމަށާއި ސްޓެލްކޯއާއި ފެނަކައާއި ގުޅިގެން މިމައްސަލަ ބަލާނެ ކަމުގައި ވިދާޅުވިއެވެ.

ފާއިތުވި މަހު ކަރަންޓް ބިލް ބައެއް ގޭގެއަށް ބޮޑުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް