ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު---
ނަމާދުގެ ރަކުއަތްތައް މަދުކުރަން ވިދާޅުވި ކަމަށް ބުނާ މައްސަލަ ޕޮލިހަށް ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ސްކްރީންޝޮޓްގެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ނަމުގައި ކޮށްފައިވާ ޓްވީޓްގައި ވަނީ ބައެއް ނަމާދު ތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވައިދުގެ ތެރެއިން ނަމާދު ކުރެވިދާނެ ކަމަށާއި އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުވާނެހެން މިވަގުތު ކުރުން މުހިންމު ކަމަށްވެސް އެ ޓްވީޓުގައިވެ އެވެ. 

އެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، އެމަނިކުފާނުގެ ރަސްމީ ޓްވީޓާ އެކައުންޓުން ވަނީ އެއީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫންކަމަށް ވިދާޅުވެފަ އެެވެ. އަދި ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ރައީސް ނަޝީދުގެ ނަމުގައި މިފަދަ ފޭކް ޓްވީޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، މީގެ ކުރިން ވެސް ވަނީ އެމަނިކުފާނު ވިދާޅުވިކަމަށް ބުނެ އެފަދަ ފޭކް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް