ads
ޑްރަގްގެ މައްސަލައި ގައި ހައްޔަރު ކުރި ދެ މީހުން
6.8 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހުޅުމާލެ އިން 6.8 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސް އިން އާންމުކޮށްފި އެވެ.

އެގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، އަސްރަފީގެ، އުމުރުން 43 އަހަރުގެ މުހައްމަދު ޝަރީފު އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އުމުރުން 33 އަހަރުގެ އަފްސަލް ރަޝީދު ކަމަށް ފުލުހުން ބުނެ އެވެ. 

މި ދެމީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ޖޫން 14 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. 

އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުންހުރި ހުޅުމާލެ ލޮޓް 10634 ބަލައި ފާސްކޮށްފަ އެވެ.

ފުލުހުން ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރު ކުރުމަށް ޖޫން 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކު ކޮށްފަ އެވެ. ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް އެމީހުންގެ ބަންދަށް އިތުރުކޮށްފައި ކަމަށާއި އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. 

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭނާ އަކީ ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން، މިދިޔަ މަހު ހުޅުމާލޭގައި ހިންގި އެ އޮޕަރޭޝަނުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. ނަމަވެސް، އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސް ތަނަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިނުވާތީ އެމީހާ މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެ އެވެ. 

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް އެއިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް