ads
ފުލުހުންގެ ވެހިކަލްއެއް---ފޮޓޯ:ފުލުހުން
ބިދޭސީންގެ ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާވެ ފަރުވާދެނީ
ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، އެ ރިސޯޓުގައި އުޅޭ ދިވެހިންތަކެއް އެ ރަށުން ފޭބިޔަ ނުދީ ހިފަހައްޓައިގެން އުޅޭ މައްސަލައިގައި އެ ރަށަށް ފުލުހުން އަރައި ހިންގަމުން އަންނަ އޮޕަރޭޝަނުގައި ފުލުހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ހަވީރު ބުނި ގޮތުގައި ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް ދިވެހި މުވައްޒަފުންތަކެއް އެރަށުން ފޭބިޔަ ނުދީ ހިފެހައްޓާއި ހަމަނުޖެހުން ހިންގި މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން މިރޭ ވަނީ ހަމަނުޖެހުން ކޮންޓްރޯލްކުރުމުގައި ހަރަކާތްރެރިވި ފުލުހަކަށް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެ، ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ބުނެފަ އެވެ. 

އެގޮތުން އެ ފުލުސް މިހާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

ތަފްސީލު އަންނަނީ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް