ads
ވެސްޓްހޭމް ޗެލްސީ މެޗުގެ ތެރެއިން
ވެސްޓް ހޭމް އަތުން ޗެލްސީ ބަލިވެއްޖެ
ވެސްޓްހޭމް އަތުން ބަލިވެ، އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އެވަޓަން އަތުން ބަލިވުމުގެ ފައިދާ ނަގައި ތިންވަނައަސް އަރަން ޗެލްސީއަށް ފުރުސަތު ލިބުނު ނަމަވެސް ޗެލްސީވަނީ 3-2 ން ވެސްޓް ހޭމް އަތުން ބަލިވެފައެވެ.

ބުދަ ދުވަހުގެ ރޭ ޗެލްސީ ބަލިވުމުން ހަތަރުވަނައިގައި އޮތީ ޗެލްސީއަށް 32 މެޗުން 54 ޕޮއިންޓާއެކު އެވެ. ފަސްވަނައިގަ އޮތް މެންޗެސްޓަރ ޔުނައިޓެޑާ، ހަވަނައިގަ އޮތް ވުލްވްސްއަށް ވަނީ 32 މެޗުން 52 ޕޮއިންޓު ލިބިފައެވެ.

ޗެލްސީ އަތުން ލިބުނު މުހިއްމު ތިން ޕޮއިންޓާ އެކު ވެސްޓް ހޭމްއަށްވަނީ ރެލިގޭޝަނުން ސަލާމަތްވާން އުންމީދެއް ލިބިފައެވެ. ވެސްޓް ހޭމް އޮތީ ތާވަލުގެ 16 ވަނައިގައި 32 މެޗުން 30 ޕޮއިންޓާއެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް