ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2400 އަށް
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުން
ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2400 އަށް އަރާފައި
ބަލިން 1960 މީހަކު ވަނީ ރަނގަޅުވެފައި
02 ޖުލައި 2020 - 22:05:54
ރާއްޖެއިން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި ބަންގްލަދޭޝްގެ 11 މީހެކެވެ.
އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2400 އަށް އަރާފަ އެވެ.
މިއަދު އިތުރު ހަ މީހަކު ރަނގަޅުވެ ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ 1960 އަށް އަރާފަ އެވެ.
މިހާރު ރާއްޖެގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނީ 416 މީހަކަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް