ads
ރިސޯޓަށް ނޭރިގެން ދެވަނަ ފަހަރަށް ފުލުހުން އަނބުރާ ތުޅާދޫއަށް
ބ. ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރަން ދިޔަ ފުލުހުންނަށް ބަންގްލަދޭޝް މީހުން ހަމަލާދިނުމުގެ ސަބަބުން، އެރަށަށް ނޭރި، ފުލުހުން އަނބުރާ ތުޅާދޫއަށް ގޮސްފި އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ފުލުހުން އެރަށަށް ގޮސްފައި ވަނީ އާންމު ރައްޔިތެއްގެ އުޅަނދެެއްގަ އެވެ. އެގޮތުން ނ. ރ. ބ. އަދި ޅ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމަކުން ރަށަށް އަރަން މަސައްކަތްކުރުމުން ބިދޭސީ މީހުން ވަނީ އެ އުޅަނދަށް ގަލާއި ހޮޅި އަދި ދަގަނޑު ފަދަ ތަކެތި އުކާފަ އެވެ. 

އެކަމަކު ސަބަބުން ދޯނީގެ ބިއްލޫރިތައް ތެޅި ބޮޑު ގެއްލުމެއް ލިބިފައިވާއިރު ބައެއް ފުލުހުންގެ އިތުރުން، ދޯނީގެ ކެޕްޓަނަށް ވެސް އަނިޔާވެފައިވެ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި 210 ބިދޭސީއަކު ރަހީނުކޮށްފައި ވަނީ 15 ދިވެއްސެކެވެ. އެގޮތުން އެމީހުން، ދިވެހިން ރަހީނުކޮށްފައި ވަނީ ފަސް މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެ އެވެ.

އެރަށަށް ފުލުހުން އަރަން މަަސައްކަތްކުރުމުން އެމީހުން ވަނީ ދިވެހިންނަށް އަނިޔާ ނުދީ ދޫކޮށްލާނީ، މުސާރަ ހިފައިގެން އައުމުން ކަމަށް ބުނެފައި ކަމަށް އެރަށުން ސީއެންއެމްއަށް ވާހަކަ ދެއްްކި މީހަކު ބުނެ އެވެ. 

އެކަމާއި ގުޅިގެން ފުލުހުން ބުނީ އިތުރު ރިސޯސަސް ބޭނުން ކުރަންދާނެ ހާލަތަކަށް ވެސް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް