ads
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު | ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ޕްރޮސެސް ކުރުން މުހިންމު: ޒަހާ
ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ޕްރޮސެސް ކުރުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ޕްރޮސެސް ކުރުން މުހިއްމު ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ރާއްޖޭގައި ބާނާ މަހުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ދިވެހިންނަށް ލިބެމުން ނުދާ ކަމަށެވެ. އަދި ރާއްޖޭގައި ބާނާ މަހުގެ ބާވަތްތައް ގަނޑުކޮށް ބޭރަށް އެކްސްޕޯޓް ކުރުމަކީ އެންމެ މަންފާ ހުރި ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބާނާ މަސް، ރާއްޖޭގައި ޕްރޮސެސް ކުރާނޭ ގޮތްތަކެއް ހެދުން ވަރަށް މުހިއްމު ކަމަށެވެ.

"މަސް ގަންނަ ކުންފުނިތައް އިތުރުކުރުމާއި ރަށު ފެންވަރުގައި މަސް ޕްރޮސެސް ކުރެވޭ މިންވަރު އިތުރު ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ދިވެހި މަސްވެރިކަން އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ކަނޑުމަހުގެ ބާވަތްތަކަށް ކަމަށްވާއިރު، ރީނދޫ އުރަހަ ކަންނެލި ހުސްވުމުގެ ބިރު އެބައޮތް ކަމަށެވެ.

ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްގެ ހާލަތު އަންގައިދޭ މިންގަނޑުން ހުރީ ރަތް ދަރަޖައިގައި ގިންތި ކުރެވިފައި ކަމަށް ވެސް މިނިސްޓަރު ޒަހާ ވިދާޅުވި އެވެ. އަދި އެކަމަކީ ރާއްޖޭގެ މަސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުމުގައި ވިސްނަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް