ads
އަލީ ރިޒާ--
މުސާރަ ނުދެވިގެން އުޅެނީ އަޅުގަނޑަށް ޕޭމަންޓް ނުލިބިގެން: އަލީ ރިޒާ
މުސާރަ ނުދީގެން ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީންކޮށްފައިވާއިރު އެމީހުންނަށް މުސާރަ ނުދެވިގެން އުޅެނީ ލިބެން ޖެހޭ ޕޭމަންޓްތަކެއް ނުލިބިގެން ކަމަށް މިލަންދޫ ދާއިދާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.

މެމްބަރު ރިޒާގެ ކުންފުނީގެ މުވައްޒަފުންތަކެއް 15 ދިވެހިން ރަހީނުކުރި މައްސަލައާ ގުޅިގެން އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިއަދު ހަވީރެވެ. އެކަމަކު ދެ ފަހަރެއްގެ މަތިން އެ ސަރަހައްދުގެ ފުލުހުންގެ ޓީމަކުން ރަށަށް އަރަން މަސައްކަތް ކުރި ނަމަވެސް ބިދޭސީން ގާއުކާއި ދިން އަނިޔާތަކާއި ގުޅިގެން ވަނީ އަނބުރާލުމަށް ފަހު ތުޅާދޫއަށް ގޮސްފަ އެވެ. 

ފުލުހުންނާއިއެކު ރަށަށް ދިޔަ މީހަކު ސީއެންއެމްއަށް ކިޔައިދިން ގޮތުގައި އެ ބިދޭސީން ޑިމާންޑުކުރަމުންދަނީ މުސާރަ ދިނުމަށެވެ. 

އެކަމާއި ގުޅިގެން މިރޭ ރިޒާ ސީއެންއެމްއަށް ވިދާޅުވީ، މިދިޔަ ޑިސެމްބަރާއި ހަމައަށް ބަރާބަރަށް މުވައްޒަފުންނަށް މުސާރަދީފައިވާ ކަމަށެވެ. އެކަމަކު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މުސާރަ ނުދެވޭ ކަމަށާއި އެގޮތަށް ފައިސާ ނުދެވުނީ އެތަން ތަރައްގީކުރާ ފަރާތުން އޭނާއަށް ޕޭމަންޓް ދިނުމުގައި ލަސްތަކެއް ދިމާވެފައިވާތީ ކަމަށް ވިދާޅުވި އެވެ. 

"ބިދޭސީން އެކަންޏެއް ނޫން ދިވެހިންނަށް ވެސް އަދި ނުދެވޭ. މުސާރައިގެ ކަންކަމުގައި ދިވެހިންނާއި ބިދޭސީންނާ މެދު ތަފާތުކުރުމެއް ނޯންނާނެ،"

މުސާރަ ނުދެވިގެން އުޅެނީ، ޕޭމަންޓް ނުލިބޭތީ ކަމަށް ރިޒާ ވިދާޅުވިނަމަވެސް، އެކަމާއި ގުޅިގެން ކޮންޓްރެކްޓަރާ މަަސައްކަތް ހަވާލުކުރި، އެންޓްރެކް ކުންފުނީގެ ބަހެއް ނުލިބޭތީ އެކަމުގެ ހަގީގަތް ސާފެއް ނުވެ އެވެ. 

ރިޒާ ވިދާޅުވި ގޮތުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މީގެ ގަޑިއެއްހާއިރު ކުރިން ވެސް ވަނީ އެތަނުގައި ތިބި މީހުންނާއި ވާހަކަ ދައްކަވާފަ އެވެ. އަދިވެސް މަަސައްކަތް ކުރަމުންދަނީ ވާހަކަ ދައްކައިގެން ހައްލުކުރުމަށް ކަމަށް ވިދާޅުވި އެވެ. 

އެމީހުން ދިވެހިން ދޫކޮށްފައި ނުވާތީ މިހާރު މާލެއިން ފުލުހުންނާއި ސިފައިންގެ ޓީމަކުން ވަނީ އެރަށް ދަތުރު ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް