ads
ގައްސާން މައުމޫން--
ދިވެހިން ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު: ޣައްސާން
ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް އެތަނުގައި އުޅޭ ދިވެހިންތަކެއް ރަހީނުކޮށްފައިވާތީ އެމީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން މިހާރު ކުރިއަށްދާއިރު ދިވެހިރާއްޖޭގައި ދިވެހިން ރަހީނުކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރުން ފެށިގެން އެރަށުގައި 15 ދިވެއްސަކު ރަހީނުކޮށްފައި ބަހައްޓާފައި ހުރިއިރު އެމީހުން ސަލާމަތްކުރުމަށް ފުލުހުންނާއި ސިފައިންގެ ޓީމެއް މިހާރު ވަނީ އެރަށަށް ފުރާފަ އެވެ. 

އެކަމާއި ގުޅިގެން ޣައްސާން މިރޭ ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ، ރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. 

"ދިވެހި ފުލުހުންނާއި ސިފައިން ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމީ ޝައްކެއް އޮތް ކަމެއްނޫން،" ޣައްސާން ވިދާޅުވެ އެވެ. 

މިރޭ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވެސް ވަނީ އެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. 

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު އޭގެ ތެރޭގައި ގަވައިދާ ހިލާފަށް ވެސް އެތައް ބަޔަކު ދަނީ އުޅެމުންނެވެ. މި މައްސަލައާއެކު ގިނަ ބަޔަކު އަންނަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް