ads
ނޯރާ ފަތޭހީ--
ނޯރާގެ ދިރިއުޅުން ދިލްބަރާއެކު ބަދަލުކޮށްލި ވީޑިއޯ!
ނެށުންތެރިޔާ، ނޯރާ ފަތޭހީގެ ދިރިއުޅުން ބަދަލުކޮށްލީ، "ދިލްބަރު" ވީޑިއޯ ލަވައިގައި އޭނާ ދައްކުވައިދޭ ނެށުމުގެ ފަރި ހަރަކާތްތަކާއެކު އެވެ.

އެންމެ ފަހުން ވަރުން ދާވަން އާއި ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސްޓްރީޓް ޑާންސާ" އިން ފެނުނު ނޯރާ މިވަނީ އޭނާގެ ހަޔާތް ބަދަލުކޮށްލި ވިޑީއޯ ސޯޝަލް މީޑިއާއަށް ހިއްސާކޮށްފަ އެވެ. 

އެގޮތުން ނޯރާ ވަނީ "ދިލްބަރު" ގައި މަސައްކަތްކުރަން އޭނާއަށް ލިބުނީ އެ ވީޑިއޯގެ ސަބަބުން ކަމަށް ބުނެފަ އެވެ. 

14 މިލިއަން ވިއުސް ލިބުމާއެކު އެކަމުގައި އުފަލުގައި އެ ވީޑިއޯ ހިއްސާކޮށް ނޯރާ ބުނީ، އެއީ 2018 ވަނަ އަހަރު، މިސް އިންޑިއާ އެވޯޑުގައި އޭނާ ނަށާފައިވާ ވީޑިއޯއެއް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެ ވީޑިއޯ ވައިރަލްވެ، ދިލްބަރުގައި މަސައްކަތް ކުރަން ލިބުން ކަމަށް ބުންޏެވެ. 

ނެށުމުގެ ފަރި ހަރަކާތްތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ނޯރާއަކީ ލަވަ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ ވަނީ އެމްޓީވީން ދައްކަމުން އަންނަ ޝޯއެއްކަމަށްވާ ޑޭޓިން އިން ދަ ޑާކްގެ ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ޝޯ، ބިގް ބޮސް ނުވައެއްގައި ވެސް ފެނިފައިވާ ނޯރާ ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ.

ނޯރާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ސަތްޔަމޭވަ ޖަޔަތޭގެ ލަވައެއްކަމަށްވާ "ދިލްބަރް" އަށް ފަހު ގައެވެ. އެއަށް ފަހު ގިނަ ބޮލީވުޑް ލަވަތަކުން ނޯރާ ވަނީ ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް