ފުލުހުން ބޮޑުފިނޮޅުގައި-- ފޮޓޯ: ފުލުހުން
ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތްކޮށްފި
އެއްވެސް ހަމަނުޖެހުމެއް ނެތި ދިވެހިން ވަނީ ސަލާމަތްކޮށްފައި
ރަހީނުކޮށްފައި ތިބި ދިވެހިންގެ ހާލު ރަނގަޅު
ފުލުހުން އަދިވެސް އެރަށުގައި ދަނީ ހަރަކާތްތެރިވަމުން
Share
ބ. ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، ރަހީނުކޮށްފައި ތިބި 12 ދިވެއްސަކު މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. 

ޖުމްލަ 15 ދިވެއްސަކު އިއްޔެ ހަވީރުން ފެށިގެން އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔަކުވެގެން ވަނީ ރަހީނުކޮށްފައި ކަމަށް ފުލުހުން އިއްޔެ ބުނެ އެވެ. 

އަދި ތުޅާދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެތަނުން އެކަކު ވަނީ ފަތާފައި ގޮސް، ތުޅާދޫއަށް އަރާފަ އެވެ. އަދި ކުރިން ފުލުހުން ކުރި މަސައްކަތުން ދެ މީހަކު ސަލާމަތްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެހެންކަމުން، މިހާރު ހުރިހާ ދިވެހިން ވެސް މިވަނީ ސަލާމަތްކުރެވިފަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ. 

މާލެއިން ދިޔަ ފުލުހުންގެ ޓީމުން ބޮޑުފިނޮޅަށް އެރުމުން ބިދޭސީން ހަމަނުޖެހުން ހިންގާފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އެމީހުންނާއި މެދު އަމަލުކޮށްފައި ވަނީ ކިހިނެެއްކަން އަދި ސާފެއް ނުވެ އެވެ. 

ބިދޭސީންތަކެއް، ދިވެހިން، ރަހީނުކުރީ އެމީހުންނަށް މުސާރަ ނުލިބޭތާ ފަސް ވަރަކަށް މަސްވެފައިވާތީ އެވެ. ރޭ އެރަށަށް ދެ ފަހަރެއްގެ މަތިން ފުލުހުންގެ ޓީމަކުން އަރަން މަސައްކަތްކުރުމުން ބިދޭސީން ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. އަދި ދިވެހިން ދޫކުރާނީ މުސާރަ ހިފައިގެން އައުމުން ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް