ads
ބައްސާމްގެ ޓީމުގައި ފުރަތަމަ ހިމެނުނީ ގިނައިން މަޖިލިސް މެންބަރުން
މަގާމް ހޯދަން ގެނައީ މަޖިލިސް މެންބަރުން- މިހާރު ބުނަނީ މަޖިލީހަކަށް ނުބެހެވޭނޭ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަގާމު ހޯދަން، ކުޅިވަރާ ގުޅުމެއްވެސް ނެތް މަޖިލީހުގެ މެންބަރުންތަކެއްގެ އެހީ ހޯދައި، އެކްސްކޯގައި އެ މެންބަރުން ހިމަނުއްވައިގެން މަގާމް ހޯއްދެވުމަށް ފަހު، ރައްޔިތުންގެ މަޖިލީހަށް އެފްއޭއެމްގެ މައްސަލައެއް ބެލޭނެކަމަށް ގަބޫލުނުކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބައްސާމް އަދީލް ޖަލީލް، އެންމެ ފުރަތަމަ އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ހޯއްދެވީ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެންބަރުންތަކެއްގެ އޭނާގެ އެކްސްކޯގައި ހިމަނައިގެންނެވެ.

ދެހާސް ސޯޅަވަނަ އަހަރު އެފްއޭއެމްގެ ރައީސްކަން ބައްސާމް ހޯދަން އެކްސްކޯއަށް ނޮމިނޭޓްކުރި އަށް މެންބަރުންގެ ތެރެއިން ހަ މެންބަރުންނަކީ މަޖިލީހުގެ މެންބަރުންނެވެ. އެއީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.

މަޖިލީހުގެ މެންބަރުންގެ އެހީތެރިކަމާއި އެކު އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ހޯއްދަވައި، އަދި ފީފާގެ އުސޫލުތަކާއި ޚިލާފަށް އެފްއޭއެމް ހައުސްގައި ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ފަހު، ބައްސާމް މިހާރު ވިދާޅުވަނީ އެފްއޭއެމްގެ އެއްވެސް މައްސަލައެއް މަޖިލީހަށް ނުބެލޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ ފަރާތުން މި ހޯދަން ބޭނުންވާ މައުލޫމާތެއް އޮވެއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން އެ އޮންނަ އުސޫލެއްގެ ދަށުން އެ ދާންޖެހޭ ތާކަށް ދާން އަޅުގަނޑުމެން ތައްޔާރު. ހަގީގަތަކީ އަޅުގަނޑުމެން ދާކަށް މަޖުބޫރެއް ނޫން. އެކަމަކު އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންނަކީ މާ ގަދަ ބަޔެއް ވެގެން ގަދަ ބަސް ބުނެގެން ނުދާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެ ބޭފުޅުން ސާފުކުރަން ބޭނުންވެއްޖެ މައުލޫމާތެއް އެ ބޭފުޅުންނަށް އަރުވާ ހަމަ އެންމެނަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ފަރާތުން މިކަން ހިނގާދިޔަ ގޮތް ކިޔައިދިނުން.

އެފްއޭއެމްގެ އަސާސީ ގަވާއިދާ، އަދި ރާއްޖޭގެ ކުޅިވަރު ޤާނޫނުގެ ދަށުން ހަދާފައިވާ ކުޅިވަރު ގާނޫނަށް ގޮން ޖަހައި އެފްއޭއެމުން އިންތިހާބު ބޭއްވީ ކުޅިވަރު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފަށް އެފްއޭއެމްގެ އަސާސީ ގަވައިދު ބަދަލުކޮށްގެނެވެ. ބުރާސްފަތި ދުވަހު ހަވީރު އެފްއޭއެމް ހައުސްގެ ޓެރަސްގައި ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދާވެސް ޚިލާފަށެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދާ، އަދި ކުޅިވަރު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ޚިލާފަށް ބޭއްވި އެފްއޭއެމްގެ އިންތިޚާބު، ކޮމިޝަނާ އޮފް ސްޕޯޓްސް ރަޖިސްޓްރީކޮށްދެއްވާނެ ކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް