ads
ފޮޓޯ: އެމްއެންޑީއެފް
ދިވެހިން ރަހީނުކުރުން "އޯކޭ" ކަމަށް ދެކުމަކީ ގައުމަށް ގައްދާރުވުން: މާރިޔާ
މުސާރަ ނުދޭ މައްސަލަ ހައްލުކުރަން ގާނޫނީ އިންތިޒާމުތައް އެބަ ހުރި: މާރިޔާ
ދިވެހިން ރަހީނު ކުރުން "އޯކޭ" ކަމަށް ދެކުމަކީ ގައުމަށް ގައްދާރުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގައި އުޅޭ ބަންގްލަދޭޝް ބަޔަކު އެތަނުގައި މަސައްކަތްކުރާ 13 ދިވެހިން ރަހީނު ކުރިއިރު ފުލުހުން މިއަދު ވަނީ އެ ދިވެހިން ސަލާމަތްކޮށް ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެ ބިދޭސީން ހަމަނުޖެހުން ހިންގާ ދިވެހިން ރަހީނުކުރީ އެމީހުނަށް ލިބެންޖެހޭ މުސާރަ ނުލިބުމުންކަމަށް މައުލޫމާތު ލިބެއެވެ. 

މިމައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބިދޭސީންގެ ހައްގުތައް ދިފާއުކުރުމަށް ރާއްޖޭގެ ކޯޓްތަކާއި އެޗްއާރްސީއެމްގެ އިތުރުން ލޭބާ ރިލޭޝަންސް އޮތޯރިޓީ އެބައޮތް ކަމަށެވެ. އަދި އެނޫނަސް އެތައް ގާނޫނީ އިންތިޒާމުތައް ހުންނާނެކަން ފާހަގަކުރެއްވި އެވެ.

"ބިދޭސީން، ދިވެހި ބިމުގައި، ދިވެހިން ރަހީނުކޮށް، މުދަލަށް ގެއްލުން ދިނުމަކީ، މުސާރަ ނުލިބުމުން އޯކޭ ކަމެއް ކަމުގައި ދުށުން އެއީ ގައުމަށް ގައްދާރުވުން ކަމަށް އަޅުގަނޑު ދެކެން!"

ބޮޑުފިނޮޅުގައި ބިދޭސީން ހަމަނުޖެހުން އުފައްދާ ދިވެހިން ރަހީނުކޮށްފައިވަނީ އެ މީހުނަށް ލިބެންޖެހޭ މުސާރަ ނުލިބޭތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އަދި މިމައްސަލައާ ގުޅިގެން، ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތްކުރުވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. 

ބޮޑުފިނޮޅުގައި ހަމަނުޖެހުން އުފައްދާ ދިވެހިން ރަހީނުކުރި ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓްގެ ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއް ބަންގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއި އެކު އެރަށަށް ގޮސް ކުރި މަސައްކަތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް