ads
ސާމްޕަލް ނެގުމުގައި ސިއްހީ އެހީތެރިންނާއި ފުލުހުން އަދި ސިފައިން ހަރަކާތްތެރި ވަނީ----- ފޮޓޯ: ސީއެންއެމް
އިތުރު ދިހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިތުރު ދިހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނާ ގޮތުގައި މިއަދު ޕޮޒިޓިވްވި ދިހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ދެ މީހުންނާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހެކެވެ.

އެއާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 2410 އަކަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް މިހާރު ފަރުވާދެވެމުން ދަނީ 419 މީހަކަށެވެ. މިހާތަނަށް އައިރު ބަލިން ރަނގަޅުވެފައި ވަނީ 1976 މީހަކެވެ.

ކަރަންޓީން ފެސިލިޓީތަކުގައި މިހާރު ތިބީ 115 މީހަކު ތިބިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 259 މީހެއް ތިބި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

މިހާތަނަށް 53،867 ސާމްޕަލްއެއް ރާއްޖޭގައި ނެގިފައިވާކަމަށް ވެސް އެޗްޕީއޭއީން ބުނެ އެވެ. 

އެ ބަލީގައި ރާއްޖެ އިން 10 މީހަކު މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް