ads
ސްޕެއިންގެ ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް
ގެޓާފޭ ބަލިކޮށް ރިއާލުން އެއްވަނައިގަ ހަތަރު ޕޮއިންޓްގެ ލީޑެއް
ސްޕެނިޝް ލީގުގައި ރިއާލް މެޑްރިޑުން އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ. ރިއާލުން އެއްވަނައިގައި އޮވެ ލީޑު ނެގީ ގެޓާފޭ އަތުން ބުރާސްފަތި ދުވަހުގެ ރޭ ހޯދި މޮޅާއި އެކުއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގެޓާފޭ އަތުން ރިއަލް މެޑްރިޑް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އެއްވަނައިގައި ރިއާލަށް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބުނީ މި ފަހުން ކުޅުނު މެޗުތަކުން ބާސެލޯނާއިން މުހިއްމު ޕޮއިންޓްތަކެއް ގެއްލުވާލުމުންނެވެ.

 ބާސާއިންވަނީ އެތްލެޓިކޯއާއި އަދި ސެލްޓަ ވީގޯ މެޗުންވެސް އެއްވަރު ވެފައެވެ. މި ދެ މެޗުވެސް އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ.

ލީގުގެ އެއްވަނަ މަގާމުގައި ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު ރެއާލް އޮތީ 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް