ads
ކުޅިވަރު ވަޒީރު މަހްލޫފް އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމް
ކުޅިވަރު ގާނޫނު ކުޅިވަރަކަށް!
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ އެންމެ ބޮޑު މަގްސަދަކީ ކުޅިވަރަށް ބޭނުންވާ ޑިމޮކްރެޓިކް އުސޫލްތަށް ތަންފީޒުކޮށް، ކުޅިވަރުތައް ހިންގުމުގައި ގުޑް ގަވަނަންސް ގާއިމުކުރުމެވެ.

ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާރްތަކުގެ ހިންގާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން އަމަލު ކުރޭތޯ މޮނިޓަކުރުމަކީ ކުޅިވަރުގެ އިދާރީ ކަންކަން ބައިނަލްއަގްވާމީ މިންގަނޑާއި އެއްގޮތަށް ބައްޓަން ކުރުމަށް އެގާނޫނުގެ ދަށުން އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.

އެހެންނަމަވެސް ސްޕޯރޓްސް ކޮމިޝަނަރު އަދި ކުޅިވަރު ގައުމީ މަޖިލީސް، އެ ފަރާތްތަކަށް ގާނޫނުން ލާޒިމްކޮށްފައިވާ ޒިންމާ ބަރާބަރަށް އަދާކުރަމުން ނުދާތީ އާއި، އަދި ހަމަހަމަ އުސޫލުން ގާނޫނީ ފިޔަވަޅުތައް ތަންފީޒު ކުރަމުން ނުގެންދާ މައްސަލަ ފާހަގަވެއެވެ. ކުޅިވަރު ގައުމީ މަޖިލީހުގެ މެމްބަރުކަމާއި ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމާއި އަދި ކުޅިވަރު ވަޒީރުގެ މަގާމަކީ ލިބިދޭ ޝަރަފެއްކަމަށް ދެކިގެން ދޫ ބަންދުކޮށް، "އެ ކުރިގޮތަކަށް" ކުރިއްޔޭ ވިދާޅުވެ، ހަނުހުންނެވުމަކީ އެ ތިއްބެވި މަގާމްތަކުގެ ގާނޫނީ ޒިންމާ އުފުއްލަވައިދެވުނީ ނޫންކަމަށް ދެކި ވަކާލާތު ކުރަމުންދާ ފަރާތްތަކެއްވާކަން ފާހަގަކުރަމެވެ.

ގައުމީ ކޮންމެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެ ކުޅިވަރެއް ނިސްބަތްވާ ބައިނަލްއަގްވާމީ ޖަމިއްޔާގެ މެމްބަރަކަށްވުމަށް އެދި ހުށައެޅެނީ ދިވެހިރާއްޖޭގެ ގާނޫތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް އިގުރާރުވުމަށް ފަހުއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ކުދި ބޮޑު އެންމެހާއި ގައުމީ އެސޯސިއޭޝަންތަކަކީވެސް ކުޅިވަރު ގަނޫނަށާއި އަދި ގާނޫނު ދަށުން ހެދިފައިވާ އެންމެހާއި ގާވާއިދުތަކަށް ފުރިހަމައަށް އަމަލު ކުރަން ލާޒިމްވާ ބައެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ. ކަން މިހެން އޮތް އިރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެއީ ގާނޫނީ ފިޔަވަޅުތަކުން އިސްތިސްނާ ވާން ޖެހޭ ގައުމީ އެސޯސިއޭޝަނެއް ކަމަށް ކުޅިވަރު ގާނޫނޫގައި ބަޔާންކޮށްފައި ނެތްކަން ފާހަގަކުރަމެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ- ފީފާ މިންގަނޑާއި އެއްގޮތަށް އެފްއޭއެމްގެ ހިންގާ ގަވައިދު އިސްލާހުކުރުމަށް ފަހު ގަވާއިދުގައި ކުރަން ލާޒިމްކޮށްފައި ހުރި ކަންކަން ފުރިހަމަ ނުކޮށް ހުރި މައްސަލަތަކެއްގެ ފެންމަތިވެ، ބައެއް މާއްދާތަކުގެ ރޫހާ ޚިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކޮށް އެމައްސަލަތަކާއި ބެހޭގޮތުން ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށައަޅާ، މައްސަލަ ދިރާސާ ކުރަމުންދަނިކޮށް އެފްއޭއެމުން އިންތިޙާބާއި ބެހޭ ކަންކަން ނިންމާލިއިރުވެސް ކޮމިޝަނަ އޮޕް ސްޕޯޓްސް އަދި ކުޅިވަރު ގައުމީ މަޖިލީސްވެސް ތަށަށް ކިޔަނީ މަރިޔަބު ހޭވެސް އާހާނުލިތާ، އެފްއޭއެމްގެ އިންތީހާބު އެ ހިތު ހުރި ގޮތަކަށް ބާއްވާ، ތިމަން މިހާރު މިހުރީ އަނެއް ދައުރަށް ހޮވިފައޭ ވިދާޅުވުމުން އެ ފަރާތްތަކަށް ކުޅިވަރު ގައުމީ މަޖިލީހުގެ ރައީސް ވަރަށް އިޚްލާސްތެރި މަރަހަބާއެއް ކިޔާފައިވާކަން ފާހަގަކުރަން ޖެހެއެވެ.

ހަމަ މިއާ އެކު ދެންއެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމް އިން ކުރިއަށް ގެންދިޔަ އިންތިހާބުގައި ހިންގާ ގަވާއިދަށް އިސްލާހު ހުށައަޅާ ހިންގާ ގަވާއިދަށް ބެލުމެއްނެތި އެ އިސްލާހު ފާސްކޮށްލި ހުދުމުހުތާރު ގޮތްތަކެވެ. 

އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 30 ވަނަ މާއްދާއައި ހިލާފަށް، 26 ވަނަ މައްދާ އިސްލާހުކޮށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ މައްސަލައަކީ އެ އިންތިހާބު ސައްހަކަމާއި މެދުވެސް ސުވާލު އުފެދޭ މައްސަލައެއް ކަން ފާހަގަވާއިރު، މިކަމުގައިވެސް ސްޕޯޓްސް ކޮމިޝަނަރު ފަހަތުފަޔަށް ބުރަވެ، އިންތިހާބު ބަލައި ގަތުމަށް "ބަހަބަރު" ގައި ދޭކަހަލަ ޕެނަލްޓީއެއް ދިނުން ގާތްކަމަށްވެސް އެކި ފަރާތްތަކުންދަނީ ފާހަގަކުރަމުންނެވެ.

ހަމަ އެހެންމެ އަސާސީ އަދި ހިންގާ ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ކޮމިޝަނަ އޮފް ސްޕޯޓްސް ގާނޫނީ ފިޔަވަޅު އެޅުމުގެ ޒިންމާ އުފުލަމުން ގެންދާކަން ކަށަވަރު ކުރުމަކީ ކުޅިވަރު ވަޒީރުގެ ގާނޫނީ ޒިންމާ އަކަސް، އެ ޒިންމާ "ކުރަނގި އޮޅުކުރާ" ގޮތަށް ބަދަލުކޮށް، ފުޓްބޯޅަ އެސޯސިއޭޝަނާއި ގުޅުން ހުރި މައްސަލަތަކުގައި ވިދާޅުވެފައިވަނީ އެ ކުރިގޮތަކަށް ކުރިކަމަށާއި ތިމަން މަނިކުފާނު މިހުންނަވަނީ އެފްއޭއެމްއާއި އެކު ފުޓްބޯޅަ އާ އުސްމިންތަކަށް ގެންދިއުމަށްކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ކުޅިވަރަށް ލިބިގެން ދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ ދިވެހިރާއްޖެގައި ކުޅިވަރާއި ބެހޭ ގާނޫނު ތަންފީޒުކޮށްދިނުމަށް ތިއްބެވި ފަރާތްތަކަށް ލިބިގެންދިޔަ ޝަރަފްވެރި މާގާމްތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް