ads
ކަންގަނާ--
ސުޝާންތުގެ މަރާ ގުޅިގެން ކަންގަނާއާ ސުވާލުކުރަނީ
މިދިޔަ މަހުގެ ތެރޭގައި ބޮލީވުޑުގެ ތަރި، ސުޝާންތު ސިންގް ރާޖުޕުތު މަރުވިއިރު އެކަން ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް ދެއްކިޔަސް އަދިވެސް އެ ތަހުގީގު ދަނީ ކުރަމުންނެވެ.

ސުޝާންތުގެ މަރުގެ ތަހުގީގަށް ގިނަ އަދަދެއް ބަޔަކާއި ފުލުހުން ސުވާލުކުރިއިރު އޭގެ ތެރޭގައި އޭނާގެ އާއިލާ މީހުންނާއި ލޯބިވެރިޔާގެ އިތުރުން ފިލްމީ ދާއިރާގެ މީހުން ވެސް ހިމެނެ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުގައި އެ ތަހުގީގަށް ބަތަލާ ކަންގަނާ ރަނައުތާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އިތުރުން ޑައިރެކްޓަރު، ޝޭކަރު ކަޕޫރުއާ ސުވާލުކުރަން ފުލުހުން ވަނީ ނިންމާފަ އެވެ. އެކަމަކު އެމީހުން ވަރަށް އަވަހަށް ސުވާލުކުރަން ފުލުހަށް ހާޒިރުކުރާނެ ކަމަށް ބުންޏަސް ސީދާ ތާރީހެއް ސާފެއް ނުވެ އެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ކަންގަނާ ވަނީ ވަރަށް ގަދައަށް ސޯޝަލް މީޑިއާގައި ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ބޮލީވުޑުގައި ކަންތައް ވަނީ ސުޝާންތު، ޑިޕްރެޝަނަށް ނުދާ ގޮތަށް ނޫން ކަމަށާއި އޭނާ ކުޅަދާނަ އެކްޓިންއެއް ދައްކުވައިދީފައިވާ ފިލްމު، "ޗިޗޯރު" އަށް އެންމެ އެވޯޑެއްގެ މިންވަރު ވެސް ލިބިފައި ނުވާ ކަމަށް ކަންގަނާ ބުންޏެވެ. 

ސުޝާންތުގެ މަރުގެ ކުރިން ވެސް ކަންގަނާ ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ނެޕޮޓިޒަމްއާ ގުޅިގެން ވާހަކަ ދައްކާފަ އެވެ. މިހާރު އެ އަޑުތައް ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް