ads
ފަޅޯތަކެއް
އެނގޭތަ؟ ފަޅޮލަކީ ރަނެއް ފަދަ ފައިދާ ހުރި މޭވާއެއްކަން!
ދިވެހިންގެ ތެރޭގައި އާއްމު ގޮތެއްގައި މަޖާ ހެދުމަށާއި ހުހަށް ކެއުމަށް ބޭނުންކުރާ ފަޅޮލަކީ ހަމައެކަނި ކާން ރަނގަޅު އެއްޗެއް ނޫނެވެ. މީރު މި މޭވާ އަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ވެސް ނުހަނު ރަނގަޅު ކާނާއެކެވެ. މިގޮތުން ހަންގަނޑު ސާފުކުރުމަށާއި އިސްތަށިގަނޑު ވަރުގަދަކުރުމަށް ފަޅޯ ބޭނުން ކުރެވިދާނެ ގޮތްތައް ތިރީގައި މިވަނީ އެވެ.

ފަޅޮލަކީ ޑޭންޑްރަފް ނައްތާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިގޮތުން ފަޅޯ ޗިސް ކޮށް އެއަށް އެޕަލް ސައިޑަރު ވިނެގާ އާއި ކާށި ތެޔޮ އަޅައި އެއްކުރާށެވެ. ފަޅޮލުގައި އެކުލެވިގެންވާ އެންޒައިމްތައް މަސައްކަތް ކުރަމުންދާނީ ބޮލުގައި ޑޭންޑްރަފް އެޅިޔަނުދިނުމަށެވެ. އެޕަލް ސައިޑަރު ވިނެގާ ބޭނުން ކުރަނީ ޕީއެޗް ލެވެލްތައް ދަމަހައްޓައިދިނުމަށެވެ. އަދި ކާށި ތެލުގައި އެކުލެވިގެންވާ އެސިޑުގައި އެންޓިފަންގަލް އާއި އެންޓިމައިކްރޯބިއަލް ޕްރޮޕަޓީސް ފަދަ ބާވަތްތައް އެކުލެވިގެންވެ އެވެ.

ފަޅޮލަކީ އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ. މިގޮތުން ފަޅޮލާއި ދޮންކެޔޮ ވަކަކާއި އޮލިވް އޮއިލް ކޮޅެއް މިކްސަރަށް އެޅުމަށްފަހު ގިރާލާށެވެ. އަދި މި ޕޭސްޓުގަނޑު ބޮލުގައްޔާއި އިސްތަށިގަނޑުގައި އުނގުޅާލާށެވެ. މިއީ އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށްދީ، މަޑު ކޮށްދޭ ކަމެކެވެ.

ފަޅޮލަކީ ހަންގަނޑަށް ވެސް ރަނގަޅު އެއްޗެކެވެ. ފަޅޯ ޗިސްކޮށްފައި އެއަށް މާމުއި އަޅާށެވެ. އަދި ރަނގަޅަށް ގިރާލުމަށްފަހު ހަންގަނޑުގައި އުނގުޅާލާށެވެ. މާމުޔަކީ އެންޓި-އިންފްލެމޭޓޮރީ ޕްރޮޕަޓީސް އިން ފުރިފައިވާ ބާވަތެކެވެ. މިއީ ހަންގަނޑުގައި މަރުވެފައިވާ ސެލްތައް ނައްތާލައި، ހަންގަނޑު ސާފުކޮށްދޭ އެއްޗެކެވެ.

ވިޓަމިން- ސީ، ވިޓަމިން- އޭ އަދި ބީޓާ ކެރޮޓީނުން ފުރިފައިވާ ފަޅޮލަކީ ހަންގަނޑު އަލިކޮށްދޭ މޭވާއެކެވެ. ފަޅޮލާއި ޔޯގަޓް އެއްކުރާށެވެ. މިއީ ލެކްޓިކް އެސިޑާއި އެންޒައިމް އެކުލެވިގެންވާ އެކްސްފޮލިއޭޝަން ޕޭސްޓެކެވެ. މި ޕޭސްޓަކީ ހަންގަނޑު އެކްސްކޮލިއޭޓް ކުރުމާއި ސާފު ކޮށްދޭ އެއްޗެއްވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް