ads
އޭއެފްސީ ކަޕުގެ މެޗަކަށް ފަހު މާޒިޔާގެ އިބްރާހިމް މަހުދީ
އޭއެފްސީ ކަޕުގެ ބާކީ މެޗްތައް އެއް ސްޓޭޑިއަމްގައި، މެޗްތައް އޮކްޓޯބަރު މަހު
ކޮވިޑާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޭއެފްސީ ކަޕުގެ މެޗުތައް، އެއް ސްޓޭޑިއަމްގައި ކުޅެން ނިންމައި، އޮކްޓޫބަރު މަހުގެ ފަހުކޮޅަށް މުބާރާތުގެ ބާކީ ބައި ތާވަލުކޮށްފިއެވެ. ކޮވިޑާ ގުޅިގެން ފަސްކޮށްފައިވާ މި އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭން ވާދަކުރަނީ މާޒިޔާއާއި ޓީސީއެވެ.

އޭއެފްސީން މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން އޭއެފްސީ ކަޕުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް އަލުން ފަށާނީ އޮކްޓޫބަރު މަހުގެ ތޭވީސްވަނަ ދުވަހު އެވެ. އެ ދުވަހު ފުރަތަމަ މެޗުގައި މާޒިޔާއާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިނގްސް ވާދަކުރާއިރު، އެ ދުވަހުގެ އަނެއް މެޗުގައި ކުޅޭނީ ޓީސީއާ އިންޑިޔާގެ ޗެންނާއީ އެފްސީއެވެ. ދެ ދުވަސް ރެސްޓް ދިނުމަށް ފަހު އޮކްޓޫބަރު މަހުގެ ސައްބީސްވަނަ ދުވަހު މާޒިޔާއާއި ޓީސީ ވާދަކުރާއިރު އަނެއް މެދުގައި އެ ދުވަހު ކުޅޭނީ ބަޝަންދުރާ ކިންގްސްއާ ޗެންނާއީ ސިޓީއެވެ.

އޭއެފްސީ ކަޕުގެ ބާކީ ބައިގެ ޝެޑިއުލް

23 އޮކްޓޫބަރު

މާޒިޔާ – ބަޝަންދުރާ

ޓީސީ- ޗެންނާއީ

26 އޮކްޓޫބަރު

މާޒިޔާ- ޓީސީ

ޗެންނާއީ ބަޝަންދުރާ

29 އޮކްޓޫބަރު

ޓީސީ- މާޒިޔާ

ބަޝަންދުރާ ޗެންނާއީ

1 ނޮވެމްބަރު

މާޒިޔާ- ޗެންނާއީ

ޓީސީ- ބަޝަންދުރާ

4 ނޮވެމްބަރު

ޗެންނާއީ- ޓީސީ

ބަޝަންދުރާ- މާޒިޔާ

ކޮރޯނާއާއި ގުޅިގެން އޭއެފްސީގެ ހުރިހާ މެޗެއް، މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން އޭއެފްސީން ނިންމާފައިވަނީ އޭޕްރީލް މަހުގެ މެދު ތެރޭއެވެ. އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތައް އޭރު ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ބަންގްލަދޭޝްގައި ބަޝަންދުރާ ކިންގްސް އަތުން ބޮޑު ތަފާތަކުން ޓީސީ ބަލިވި މެޗާ، ޗެންނާއީ އެފްސީއާ މާޒިޔާއިން އެއްވަރު ކުރި މެޗެވެ. މި ދެ މެޗުވެސް ކުޅެފައިވަނީ ރަށުން ބޭރުގައެވެ.

އޭއެފްސީ ކަޕުގެ ބާކީ މެޗުތައް އެއް ސްޓޭޑިއަމްގައި ކުޅެން ނިންމާފައިވީ ނަމަވެސް މެޗުތައް ކުޅޭނެ ވަކި ސްޓޭޑިއަމެއް އޭއެފްސީން އަދި ނުނިންމައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެޗުތައް ހޯސްޓް ކުރަން އެދި ހުށަހެޅުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށްވަނީ މި މަހުގެ ނިޔަލަށް ދީފައެވެ. އަދި އަންނަ މަހުގެ ކުރީކޮޅު، މެޗުތައް ހޯސްޓްކުރާނެ ސްޓޭޑިއަމެއް އޭއެފްސީން ނިންމާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް