ads
ކޮވިޑް-19 އަށް ޓެސްޓު ކުރުން
ކޮވިޑް-19: ޓްރަޔަލް ވެކްސިންތަކުގެ ނަތީޖާ ދެ ހަފުތާގެ ތެރޭގައި ލިބޭނެ: ޑަބްލިއުއެޗްއޯ
ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ގޮތުން އުފައްދާ ބޭހުގެ ކްލިނިކަލް ޓްރަޔަލްތައް މިހާރު ފަށާފައިވާއިރު އޭގެ ނަތީޖާތައް ދެ ހަފްތާ ތެރޭގައި ލިބޭނެކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް، ޓެޑްރޯސް އަދަނޮމް ވިދާޅުވާ ގޮތުގައި ޔޫއެން އިން ބާއްވާ އެ ކްލިނިކަލް ޓްރަޔަލްގައި 39 ގައުމަކުން 5،500 މީހުން ބައިވެރިވެފައިވެ އެވެ. އަދި އޭގެ ނަތީޖާ ދެ ހަފްތާ ތެރޭގައި ލިބޭނެ ކަމަށް ވެސް ޓެޑްރޯސް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ގޮތުން ފެށި އެ ޓްރަޔަލް ވަނީ ފަސް ބަޔަކަށް ބަހާލާފަ އެވެ. އެއީ މެލޭރިޔާ އަށް ފަރުވާކުރާ ބޭހަކާއި ރެމްޑެސިވިރްގެ އިތުރުން ހައިޑްރޮކްސި ކްލޮރޮކްވިން އެވެ. އަދި އެޗްއައިވީ ބޭސް ކަމަށްވާ ލޮޕިނަވިރް އާއި އިންޓަފެރޯނާއި އެކުލެވިގެންވާ ލޮޕިނަވިރެއް އޭގެ ތެރޭގައި ހިމެނެ އެވެ. 

ޑަބްލިއުއެޗްއޯ އެމަޖަންސީ ޕްރޮގްރާމުގެ ހެޑް، މައިކް ރަޔަން ވިދާޅުވީ ބައި މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކޮވިޑް-19 އާ ދެކޮޅަށް ވެކްސިނެއް ތައްޔާރު ކުރެވޭނެ ދުވަހެއް ބުނަން ދަތިކަމަށެވެ.

އެގޮތުން ރަޔަން އިތުރަށް ވިދާޅުވީ ވެކްސިނެއް ތައްޔާރު ކުރެވުން ނަމަވެސް އެ ވެކްސިން، ގިނަ އަދަދަކަށް އުފެއްދޭނީ ކިހާ ދުވަހަކުންކަން ވެސް ބުނަން ނޭނގޭ ކަމަށް ބުނެފަ އެވެ. 

ރަޔަން ވިދާޅުވީ ހުރިހާ ގައުމަކަށް ހަމަހަމަކަމާއެކު ކޮވިޑް-19 އާ ފަރުވާކުރާނެ ސާމާނު ލިބިފައި ނުވާތީ ހިތާމަކުރާ ކަމަށެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ގައުމަކުން ވެސް އާ ކޭސްތައް ބަލައި، އިންފެކްޓުވި މީހުން ހޯދައި، އެމީހުން ވަކި ކުރުމަށް ރަޔަން ބާރުއެޅުއްވި އެވެ. 

މިހާރު މުޅި ދުނިޔެއިން 11 މިލިއަނަށް ވުރެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ އެމެރިކާ އިންނެވެ. އެގޮތުން އެގައުމުން އެކަނިވެސް ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް