ads
ރޮނާލްޑޯ، އިމްރާން އަދި މެސީއަކީވެސް ސެންޗުރީ ކްލަބުގައި ހިމެނޭ ކުޅުންތެރިން
ރޮނާލްޑޯއާ މެސީއާ އެކު، އިމްރާން ފީފާ ސެންޗަރީ ކްލަބަށް!
ރާއްޖޭގެ އެންމެ މޮޅު ގޯލް ކީޕަރު، އިމްރާން މުހައްމަދު، ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީއާއި އެކު ފީފާގެ ސެންޗުރީ ކްލަބުގައި ހިމެނިއްޖެއެވެ. ސެންޗުރީ ކްލަބުގައި ހިމެނެނީ ރަސްމީ ސަތޭކަ މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިންނެވެ. އިމްރާންވަނީ ގައުމީ ޓީމަށް ސަތޭކަ ނުވަ މެޗު ކުޅެފައެވެ.

އިމްރާނަކީ، 100 ނުވަތަ އެއަށް ވުރެ ގިނަ 'އޭ" ފެންވަރުގެ ބައިނަލްއަގްވާމީ މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިން ލިސްޓްކުރެވޭ ފީފާ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.

ފުޓްބޯޅަ ކުޅުން މިހާރު ރަސްމީކޮށް ހުއްޓާލައި، އަދި މިހާރު ގައުމީ ޓީމުގެ ގޯލް ކީޕަރު ކޯޗިން ޓީމުގައި ހިމެނޭ އިމްރާން މުހައްމަދަކީ ފީފާ ސެންޗުރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާއެވެ. 

އިމްރާނާއި އެކު ފީފާ ސެންޗުރީ ކްލަބުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި، އާޖެންޓީނާގެ ލިއޮނަލް މެސީ ހިމެނެއެވެ. މީގެ އިތުރުން އިޓަލީގެ ޖިއަންލުއިޖީ ބުފޮން އާއި ސްޕެއިންގެ ސާޖިއޯ ރާމޯސް، ސްވިޑްންގެ ޒަލަޓާން އިބްރަހިމޮވިޗް އަދި ފްރާންސްގެ ޒައިނުއްދީން ޒިދާންއާއި އިނގިރޭސިވިލާތުގެ ޑޭވިޑް ބެކަމް ހިމެނެއެވެ.

ފީފާ ސެންޗުރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާ އިމްރާން މުހައްމަދުވަނީ ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ކާމިޔާބު ކުރި ދިވެހި ގައުމީ ޓީމުގައި ހިމެނިފައެވެ. އިމްރާން މުހައްމަދުވަނީ ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން މިދިޔަ އަހަރު ގައުމީ އިނާމްވެސް ހާސިލްކޮށްފައެވެ.

ދެކުނު އޭޝިޔާ ސަރަހައްދުން ފީފާ ސެންޗުރީ ކްލަބުގައި ހިމެނިފައިވަނީ އިމްރާންގެ އިތުރުން އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. އިމްރާންވަނީ ރާއްޖޭގެ ގޯލް ސަތާރަ އަހަރުގެ ދިގު މުއްދަތެއްގައި ބަލަހައްޓާފައެވެ. މި މުއްދަތުގައި އިމްރާންވަނީ ރަސްމީ ސަތޭކަ ހަތް މެޗު ގައުމީ ޓީމަށް ކުޅެފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް