ads
ބީއެމްއެލް
މާދަމާއިން ފެށިގެން ބީއެމްއެލް ބްރާންޗްތައް ހެނދުނު 8:30 ގައި ހުޅުވާނެ
ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތަކާއި ކަސްޓަމާ ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނެ ގަޑި އެ ބޭންކުން އާންމުކޮށްފި އެވެ.

ބީއެމްއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އާދިއްތަ ދުވަހުން ފެށިގެން ބޭންކު ހުޅުވާފައި ހުންނާނީ ހެންދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކަމަށެވެ. 

ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ދޭނީ ސެލްފް ސާވިސް ސެންޓަރުތައް އަދި އޮންލައިންކޮށް ނުލިބޭ ހިދުމަތްތައް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

އެގޮތުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި ލޯކަލް ބޭންކް ޓްރާންސްފާ އާއި މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތުގެ އިތުރުން ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށް ބޭންކުން ބުނެ އެވެ. 

އޭގެ އިތުރުން، ނަގުދު ފައިސާ ޖަމާ ކުރުމާއި ޗެކް ޖަމާކުރުމުގެ ހިދުމަތް އޭޓީއެމްތަކުން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭ އިރު، އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.

މާލެ ސަރަހައްދުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓަށް ކަމަށާއި ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ބީއެމްއެލް އިން އެންމެ އިސްކަމެއްދެނީ އެކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މާލޭ ސިޓީގެ ފުރަބަންދަށް ބޮޑު ލުއިތަކެއް ލިބިފައިވީނަމަވެސް އެކުންފުނިން އެދެނީ ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ބޭނުންކުރުމާއި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް