4769
CONFIRMED

DEATHS
2755
RECOVERED
🌏19,381,455
INFECTED
🌏11,741,100
RECOVERED
🌏721,409
DEATH
🌏61%
RECOVERY RATE
ކުއްޖާ ރޭޕްކުރި ދޮންބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފި
Share
ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ކުއްޖަކު ރޭޕް ކުރި ދޮންބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
Advertisement

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެެވެ. 

އުމުރުން 57 އަހަރުގެ އެ މީހާ އޭނާގެ އުމުރުން އެންމެ 10 އަހަރުގެ ދޮންދަރިފުޅަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން އެއް ވަނަ ދުވަހު އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ މެދު އުތުރު ރަށްތައް ކަމަށްވާ، ކ. އއ. އދ. އަދި ވ އަތޮޅުގެ ރަށެއްގައި ކަމަށް ފުލުހުން ބުނެ އެވެ. 

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ދެ ކުޑަ ކުއްޖަކު ވަނީ ބަލިވެ އިނދެފަ އެވެ. އަދިި ކުޑަ ދެކުދިން ރޭޕް ކުރި ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.  

ކުޑަކުދިން އާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ކުއްޖާ ނުވަތަ، މައްސަލަ ހުށައަޅާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް