ads
ޕީއައިއެލްސީއިން މައުލޫމާތު ނަގަމުން ދާ މަންޒަރު - ފޮޓޯ: ޕީއައިއެލްސީ
ބިދޭސީންގެ މައުލޫމާތު އެެއްކުރަން ގާނޫނީ ޓީމެއް ބޮޑުފިނޮޅުގައި ހަރަކާތްތެރިވަނީ
ބ. އަތޮޅުގައި ތަަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ މައުލޫމާތުތައް ނެނގުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިން އެރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މުޖުތަމައުގައި އުޅޭ އެކި ފަރާތްތަކަށް އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ލޯފާމްއެއް ކަމަށްވާ، ޕީއައިއެލްސީ އިން މިހާރު އަންނަނީ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ މައުލޫމާތުތައް ނެގުމަށް ހަރަކާތްތެރިވަމުންނެވެ.

ޕީއައިއެލްސީގެ ވަކީލެއް ކަމަށްވާ، މަރިޔަމް ޝުނާނާ ސީއެންއެމްއަށް ވިދާޅުވީ 93 މީހެއްގެ މައުލޫމާތުތައް މިހާރު އެއްކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމީހުންނަށް މުސާރަ ނުދޭ މައްސަލައާ ގުޅިގެން މައުލޫމާތު އެއްކުރަމުން އަންނައިރު އެމީހުންނަށް ލިބޭ މުސާރައާއި ކުރާ މަސައްކަތާއި ރާއްޖެއައި ގޮތުގެ މައުލޫމާތުތަކުގެ އިތުރުން ވެސް އެމީހުންގެ ކަންބޮޑުވުންތަކާއި އެހެނިހެން މައުލޫމާތުތައް ވެސް ނަގަމުން އަންނަ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވީ ބޮޑުފިނޮޅުގައި މިހާރު 172 ބިދޭސީއަކު އުޅެމުންދާ ކަމަށެވެ. އަދި އެމީހުން ކަމަކާއި މެދު މައްސަލަ ހުށައަޅަން ބޭނުންވާނަމަ ކޭސް ފައިލް ކުރުމުގެ އިންތިޒާމްތައް ވެސް ކުރިއަށްދާ ކަމަށެވެ.

ޕީއައިއެލްސީ އިން ހަމައެކަނި ބަލަމުންދާނީ ސިވިލް ކޭސްތައް ކަމަށާއި ބިދޭސީންގެ ފަރާތުން ނަގަމުންދާ މައުލޫމާތަކީ ވަޒީފާގެ ޓްރައިބިއުނަލްއަށް މުސާރަ ހޯދުމަށް ހުށައަޅާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތުތައްކަން ވެސް ޝުނާނާ ފާހަގަކުރައްވަ އެވެ. އަދި މިހާތަނަށް ނެގި ގިނަ މީހުންގެ އަތުގައި އެމީހުންގެ ޕާސްޕޯޓާއި ލިޔެކިޔުންތައް ވެސް ހުރިކަމަށް ޝުނާނާ ވިދާޅުވި އެވެ.

އެގޮތުން ޕީއައިއެލްސީ އިން ކުރި ޓްވީޓެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތީ ގޮތުން އެރަށުގައި ޑެސްކެއް ބެހެއްޓިފައި ވާކަމަށެވެ. އަދި އެރަށުގައި ތިބި ގިނަ ބިދޭސީންނަކީ ބަންގްލަދޭޝް މީހުންކަމުން، ބަންގްލަދޭޝް، ހައި ކޮމިޝަގެ ފަރާތުން އެގައުމުގެ ބަސް ތަރުޖަމާކުރުމަށް އެހީތެރިއަކު ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުނެ އެވެ. 

ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެރަށުގައި ބިދޭސީންގެ ބަޔަކުވެގެން ދިވެހިންތަކެއް ރަހީނުކުރީ ރިޒް ކުންފުނީގެ ފަރާތުން އެކުންފުނީގެ މުވައްޒަފުންނަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދޭތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް