ads
އައިޖީއެމްއެޗް ސަރަހައްދު-
އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ހުރިހާ ބަލި މީހުން ކޮވިޑަށް ޓެސްޓްކުރަނީ
އައިޖީއެމްއެޗުގެ ތެރެއިން ހަތަރު މުވައްޒަފަކާއި ދެ ޕޭޝަންޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ހުރިހާ ޕޭޝަންޓުން ވެސް އެ ބައްޔަށް ޓެސްޓްކުރަން ނިންމައިފި އެވެ.

މިއަދު މެންދުރުފަހު އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ ޕޭޝަންޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ހުރިހާ ޕޭޝަންޓުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. 

އެކަމަކު ޕޭޝަންޓެއްގެ ފުރާނަ ސަލާމަތް ކުރަންޖެހޭ ފަދަ ނުވަތަ އެނޫންވެސް ބޮޑު އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ކޮވިޑް-19 ގެ ނަތީޖާ ލިބެންދެން މަޑުނުކޮށް، ދޭންޖެހޭ ފަރުވާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އެކު ދޭނެ ކަމުގެ ޔަގީންކަން ވެސް ދޭ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށް މަރުވި 39 އަހަރުގެ އިންޑޮނޭޝިއާ
މީހާ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭރު އައިސީޔޫގައި ތިބި ހުރިހާ ޕޭޝަންޓުންނާއި އައިސީޔޫ އިން އެހެން ވޯޑަކަށް ބަދަލުކުރި ޕޭޝަންޓެއް ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ޕޭޝަންޓުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ އެންމެ ދެ ޕޭޝަންޓުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ. 

އޭގެ އިތުރުން އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި އެހެނިހެން މުވައްޒަފުން އެކަހެރިކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި ޓެސްޓު ކުރުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ. އަދި މިހާތަނަށް ބައްޔަށް ޕޮޓިވްވީ ހަތަރު މުވައްޒަފެއް ކަމަށް ވެސް ހޮސްޕިޓަލުން ފާހަގަކުރެ އެވެ. 

ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު އެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

އައިސީޔޫގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވް ޕޭޝަންޓެއް އަދި މުވައްޒަފެއް ނެތްނަމަވެސް ރައްކާތެރިވުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިވަގުތައް އިތުރު ޕޭޝަންޓުން އައިސީޔޫ އަށް ވެއްދުން މަޑުޖައްސާލައި، އައިސީޔޫ އިން ދޭންޖެހޭ ފަރުވާ ދެވޭނެ ގޮތް ހޮސްޕިޓަލުގެ އެހެން ތަނެއްގައި ހަމަޖައްސާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް