ads
ފެނަކައިގެ އިސްވެރިން-
ފެނަކައިން ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެން ނިންމައިފި
ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާތައް އިތުރުވެފައިވަނިކޮށް، ފެނަކައިން ވެސް ޖޫން މަހުގެ ކަރަންޓު ބިލުތަކުން 40 އިންސައްތައިގެ ޑިސްކައުންޓެއްދީފި އެވެ.

އަތޮޅު ތެރެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކައިން ކުރި ޓްވީޓެއްގައި ބުނީ، ފެނަކައިގެ ކަސްޓަމަރުންނަށް ވެސް 40 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު ވިދާޅުވީ، ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން އުޅެމުން އައި އުނދަގޫ ހާލަތުގެ ސަބަބުން ލުޔެއް ދިނުމަށް ކަމަށެވެ. 


ޖޫން މަހުގެ ކަރަންޓު ބޮޑުވެ، އެކަމުގެ ޝަކުވާތައް ކުރަމުންދަނިކޮށް މިދިޔަ މަހުގެ ބިލުން 40 އިންސައްތަ ސަބްސިޑީ ދޭން ސްޓެލްކޯ އިން ނިންމީ މީގެ ދެ ދުވަހެއް ކުރިންނެވެ. އެތަނުގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ އެ ކުންފުނީގެ ކަސްޓަމަރުންގެ ކަންބޮޑުވުންތަކަކީ ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށާއި ކިރިޔާ ވެސް ލުޔެއް ހޯދައިދެވޭނެ ގޮތެއް އޮތްނަމަ އެގޮތެއް ހޯދައިދެވޭތޯ ބަލާނެ ކަމަށެވެ. 

ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ކަޑައިދޭން ނިންމާފައިވާއިރު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު މިދިޔަ އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ވެސް ކަރަންޓު ބިލުން ވަނީ 40 ޕަސެންޓްގެ ސަބްސިޑީއެއް ދީފަ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވީ ތިން ސަބަބަކާހުރެ އެވެ. އެއީ ޖޫން މަހުގެ ބިލަށް 40 އިންސައްތައިގެ ސަބްސިޑީއެއް ދީފައިނުވާތީ އާއި ގޭގެއަށް ގޮސް މީޓަރު ރީޑިން އޭރު ނުނެގޭތީ، މެއި އަދި އޭޕްރީލްގައި ބިލު ހަދާފައިވަނީ އެވްރެޖް ބިލަށް ބަލައިގެންނެވެ. އެކަމަކު، ޖޫން މަހު ވަނީ ގޭގެއަށް ގޮސް ރީޑިން ނަގަން ފަށާފަ އެވެ. އަދި ރޯދަ މަހާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް