ads
މާޒިޔާގެ ކޯޗު
މާޒިޔާ ކޯޗު ފުރައިފި، އަލުން އަންނާނެ ކަމެއް އަދި ނޭނގޭ
މާޒިޔާ، ދިވެހި ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ އެނބުރި ރަށަށް ހިނގައްޖެއެވެ. ސެކުލޮސްކީ އެނބުރި ރަށަށް ދިޔައީ އޭނާއާ މާޒިޔާއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަކޮށްފައެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ އެނބުރި ދިޔައިރު، މި އަހަރުގެ ލޯކަލް ފުޓްބޯޅަ ކަލަންޑަރު ފުރިހަމަ ނުކޮށް އެފްއޭއެމުންވަނީ އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައެވެ. އެހެންނަމަވެސް މާޒިޔާ ވާދަކުރަމުން އަންނަ އޭއެފްސީ ކަޕުގެ ބާކީ މެޗުތައް އަންނަ އޮކްޓޫބަރު މަހަށްވަނީ ޝެޑިއުލްކޮށްފައެވެ.

އޭއެފްސީ ކަޕުގެ މެޗުތައް އަދި މާޒިޔާއަށް އޮތް ނަމަވެސް ސެކުލޮސްކީ އެނބުރި ދިޔައީ އަލުން އެނބުރި އަންނަ ގޮތަށް ކަމެއް އަދި ނޭނގެއެވެ. އޭނާ ބުނީ މި ވަގުތު ބޭނުންވަނީ އާއިލާއާއި އެކު ވަގުތުކޮޅެއް ހޯދަން ކަމަށެވެ.

އަހަރެންނާއި މާޒިޔާއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން އަހަރެން މިހާރު މިހުރީ އެނބުރި ގައުމަށް އައިސް. މި ވަގުތު ބޭނުންވަނީ އާއިލާއާއި އެކު ވަގުތު ހޭދަކުރަން. މި ވަގުތަށް އެންމެ މުހިއްމީ އެކަން. އިތުރު އޮފަރ އެއް އޮތްތޯ ނުވަތަ މާޒިޔާއިން އަދި ފެނިދާނެތޯ މިއިން އެއްވެސް ކަމަކާއި މި ވަގުތު އަދި ނުވިސްނަން.

ސެކުލޮސްކީ އެނބުރި ގައުމަށް މިދިޔައީ ލޮކްޑައުންއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ތާށިވެފައި ހުރުމަށް ފަހުއެވެ. ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާއިން ދިވެހި ލީގު ކާމިޔާބުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދާފައިވާއިރު، މި އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއިންވަނީ އިންޑިޔާގެ ބެންގަލޫރު، ޕްލޭ އޮފްގައި ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. ކޮވިޑާ ގުޅިގެން އޭއެފްސީ ކަޕު މެދު ކަނޑާލިއިރު މާޒިޔާއިންވަނީ އެއް މެޗު ކުޅެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް