4293
CONFIRMED

DEATHS
2669
RECOVERED
🌏18,224,253
INFECTED
🌏10,865,548
RECOVERED
🌏692,679
DEATH
🌏60%
RECOVERY RATE
ސުޕްރީމް ކޯޓު--
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްޕްރީމް ކޯޓު ހުޅުވަނީ
Share
މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަން ނިންމި ނިންމުމާއެކު ސްޕްރީމް ކޯޓުގެ މަސައްކަތްތައް ވެސް މާދަމާ ރަސްމީ ގޮތެއްގައި ފަށަން ނިންމައިފި އެވެ.
Advertisement

ސްޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ މާޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް މާދަމާއިން ފެށިގެން ސަރުކާރުގެ އިދާރާތައް ވެސް ހުޅުވަން ނިންމާފައިވާތީ ކޯޓުގެ މަސައްކަތްތައް ވެސް ރަސްމީ ގޮތުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. 

އެހެންކަމުން، ކޯޓުތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކާއި މިންގަނޑުތަކަށް ރިއާޔަތްކޮށް، އެ ކޯޓެއް ނުވަތަ އެ ސަރަހައްދުގައި ހުންނަ ކޯޓުތަކުން މަސައްކަތްކުރުމަށް ސްޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމާއެކު ސްޕްރީމް ކޯޓުން ވެސް ވަނީ އޭރު ތާވަލުކޮށްފައި ހުރި އަޑު އެހުންތައް ކެންސަލުކޮށްފަ އެވެ. އެކަމަކު ފަހުން ވަނީ އޮންލައިންކޮށް ޝަރީއަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް