ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ގިނައީ ދިވެހިންނެވެ. 

އެގޮތުން މިއަދު 19 ދިވެއްސަކަށް ބަލި ޖެހިފައިވާއިރު ހަތަރު ބަންގްލަދޭޝް މީހަކާއި އިންޑިއާ އަދި ނޭޕާލު މީހަކަށް ވެސް ބަލި ޖެހިފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 2435 އަށް އަރާފައިވާ ކަމަށެވެ. 

މިއަދު އިތުރު 54 މީހަކު ވެސް ވަނީ ބަލިިން ރަނގަޅުވެފަ އެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2030 މީހަކު މިވަނީ ބަލިން ރަނގަޅުވެފަ އެވެ. 

މިހާރު ފަރުވާދެމުން އަންނަނީ 390 މީހަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް