ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އައިޖީއެމްއެޗުން ކޮވިޑު ޖެހުނު މީހުންގެ އަދަދު 11 އަށް
ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގެ ތެރެއިން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް، އެ 11 މީހުން ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް 28 މުވައްޒަފަކު އެކަހެރިކޮށްފައިވާ ކަމަށެވެ. 

ޑރ. ނަޒީމް ވިދާޅުވީ، ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ޕޭޝަންޓުންނާއި ހަތަރު މުވައްޒަފުން ކަމަށެވެ. އަދި ޕޮޒިޓިވްވި ޕޭޝަނުންގެ ދެ އާއިލީ މެމްބަރަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ. 

އަދި ބަލި ޖެހުނު ދެ ޕޭޝަންޓަކު ޑީއެޗް11 އަށް ބަދަލުކޮށްފައިވާއިރު އަނެއް ދެ ޕޭޝަންޓުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ގުޅިގެން އެމީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާއިރު މިހާތަނަށް 28 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން އެކަމާއި ގުޅިގެން، އެނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެކަހެރި ކުރި 28 މީހުންގެ ތެރޭގައި 27 މުވައްޒަފުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 18 ނަރުހުންނާއި ހަތް ޑޮކްޓަރުންނާއި ދެ ބަޔޯމެޑިކަލް އިންޖީނިއަރުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް