ads
އުމުރުން ދުވަސްވީ މީހެއް
އުމުރުން ދުވަސްވާ ވަރަކަށް ފަލަވުމުން އުމުރު ދިގުކޮށްދޭ: ދިރާސާ
މާ ބޮޑަށް ފަލަވުމުން، ނުވަތަ އޮބޭސިޓީ އަކީ އެބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވާ ބައްޔެއްކަން ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އަދި އުމުރުން ދުވަސްވާރަކަށް ގައިގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމާއި ހަކުރު ބަލިފަދަ ބަލިތަކަކީ މީހާގެ ބަރުދަން ލުއިކުރުމުން ފަސޭހަވާ ބަލިތަކެކެވެ.

އެހެން ނަމަވެސް ޖާނަލް އޮފް އޭޖިން ރީސާޗް އިން ކުރިއަށް ގެންދިޔަ ދިރާސާ އަކުން ވަނީ މީހާ ފަލަވުމަކީ ވެސް އުމުރުން ދުވަސްވާ ވަރަކަށް މީހާ އަށް ފައިދާހުރި ކަމެއް ކަމަށް ދައްކާފަ އެވެ. 

އެގޮތުން އުމުރުން 75 އަހަރާއި 94 އަހަރާއި ދެމެދުގެ 1،349 މީހުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ދިރާސާއިން ދައްކާ ގޮތުން 85 އަހަރަށް ވުރެ ދުވަސްވީ މީހުން އޮބޭސިޓީ ހުންނަ ނަމަ އުމުރު ދިގުވާނެ އެވެ. 

ދިރާސާ ކުރުމަށް، ދިރާސާ ގައި ބައިވެރިވި ހުރިހާ އެންމެންގެ ދިގުމިނާއި، ބަރުދަން އަދި އުމުރާއި ޖިންސުގެ އިތުރުން ސޯޝިއޯއިކޮނޮމިކް ސްޓޭޓަސް އާއި ތައުލީމީ ފެންވަރާއި، ސިއްހީ މައްސަލަތަކާއި އާއިލީ ބެކްގްރައުން ވަނީ ސާފު ކޮށްފައި ކަމަށް ޖާނަލް އޮފް އޭޖިން ރީސާޗް އިން ބުނެ އެވެ. ދިރާސާ ކުރިއަށް ގެންދިޔަތާ ވިހި އަހަރު ފަހުން ދިރާސާގައި ބައިވެރިވި މީހުންގެ މޯޓަލިޓީ އަނަލައިސިސް އެއް ދިރާސާ ކުރި މީހުން ކުރި އެވެ. 

އެގޮތުން 20 އަހަރުގެ ތެރޭގައި ދިރާސާގައި ބައިވެރިވި 95 އިންސައްތަ މީހުން ވަނީ މަރުވެފައި ކަމަށާއި އޭގެ ތެރެއިން އުމުރުން 75 އަހަރާއި 84 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ އޮބޭސިޓީގެ ސަބަބުން ކަމަށް ޖާނަލް އޮފް އޭޖިން ރީސާޗް އިން ބުނެ އެވެ. އެހެން ނަމަވެސް އުމުރުން 85 އަހަރަށް ވުރެ މަތީ މީހުން އޮބޭސިޓީ ހުންނަ ނަމަ ބަރުދަން ލުއި މީހުންނާއި ބަރުދަން ހުންނަޖެހޭ ވަރަށް ހުންނަ މީހުންނަށް ވުރެ އޮބޭސިޓީ ހުންނަ މީހުން ނުވަތަ ފަލަ މީހުންގެ މޯޓަލިޓީ ރިސްކު ދައްކަމަށް ފެނިފައިވާކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެ އެވެ. 

އެމީހުން ދެކޭގޮތުގައި ފަލަވުމުން މީހާގެ ގައިގައި ޖަހާފައި ހުންނަ މަސް، ރައްކާތެރި ކަމުގެ ޝީލްޑެއްގެ ގޮތުގައި މަސައްކަތްކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް