ads
ސުޝާންތު އާއި އޭނާގެ ބައްޕަ--
ސުޝާންތުގެ ބައްޕަގެ ނަމުގައި ފޭކް ޓްވީޓާ އެކައުންޓެއް!
މިދިޔަ މަހުގެ 14 ވަނަ ދުވަހު މަރުވި، ސުޝާންތު ސިންގް ރާޖުޕުތުގެ ބައްޕަ، ކޭ.ކޭ ސިންގްގެ ނަމުގައި ހަދާފައިވާ ޓްވީޓާ އެކައުންޓަކީ ފޭކް އެކައުންޓެއް ކަމަށް އެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ހާމަކޮށްފި އެވެ.

އިންޑިއާގެ ނޫހަކަށް ސުޝާންތުގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ބުނި ގޮތުގައި ސުޝާންތުގެ ބައްޕަ ޓްވީޓާއަކު ނޫޅެ އެވެ. އެނަަމުގައި ހަދާފައި ވަނީ ފޭކް އެކައުންޓެއް ކަމަށާއި އެގޮތަށް މީހުންނަށް އޮޅޭ ގޮތަށް ކަންކަން ނުކުރުމަށް އާންމުންގެ ކިބައިން އެމީހާ އެދިފައިވެ އެވެ. 

ސުޝާންތުގެ ބައްޕަ ކަމަށް ބުނެ ހަދާފައިވާ އެ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ސުޝާންތު، ބަޔަކު މަރާލީ ކަމަށާއި އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށް ބުނެފަ އެވެ. 

އޭނާ މަރުވި ގޮތުގެ ތަހުގީގު ފުލުހުން ކުރަމުން އަންނައިރު ޕޯސްޓްމޯޓަމުން ދައްކާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށެވެ. އެކަމަކު އަދިވެސް ފުލުހުން ދަނީ އެ ތަހުގީގުކުރަމުންނެވެ. 

އެ އާއިލާއިން ސުޝާންތާއި ގުޅިގެން ބަޔާނެއް ނެރުނީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ބަޔާނުގައި ވެސް ވަނީ ސުޝާންތު ކުޅިވަރަށް ހުންނަ ލޯތްބާއި އޭނާގެ ފިލްމީ ދާއިރާއާ ގުޅޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އުމުރުން 34 އަހަރުގައި ސުޝާންތު މަރުވިއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާއެކު "ޗިޗޯރު" އިންނެވެ. "ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އާއި ކެދާނަތުގެ އިތުރުން ވެސް ހިޓު ފިލްމުތަކަކުން އޭނާ ފެނިގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް