ads
ސާމްޕަލް ނަގަނީ--
ކޮވިޑް-19 ޖެހުނު ދިވެއްސަކު މަރުވެއްޖެ
ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރޭ ދަންވަރު 1:52 ގައި ވަނީ އިތުރު މީހަކު މަރުވެފަ އެވެ.

އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. 

އެއާއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 11 އަށް އަރާފަ އެވެ. މިދިޔަ ހަފުތާގައި އެކަނި ވެސް ޑީއެޗްް11 ގައި ފަރުވާދެމުންދިޔަ ދެ މީހަކު ވަނީ މަރުވެފަ އެވެ. 

އެނގިފައިވާ ގޮތުގައި މިއަދު މަރުވި މީހާއަކީ ޓްރީޓޮޕް ހޮސްޕިޓަލުން ޑީއެޗް11 އަށް ބަދަލުކުރި މީހެކެވެ. އެމީހާއަކީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އައި މީހެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް