ads
ކޮށާފައިވާ ކިއުކަމްބާ ތަކެއް
ޒުވާންކޮށް ހުރުމަށް ވެސް ކިއުކަންބާ ވަރެއް ނެތް!
ކިއުކަންބާއަކީ ހޫނު ދުވަހެއްގައި ކާލަން ރަނގަޅު ތަރުކާރީއެކެވެ. ނަމަވެސް މީރު މި ތަރުކާރީއަކީ ހުސްއެކަނި ކާން ބޭނުން ކުރެވޭ ތަރުކާރީއެއް ނޫނެވެ. މިއީ ހަންގަނޑަށާއި ލޮލަށްވެސް ނުހަނު ރަނގަޅު އެއްޗަކަށް ވުމުން މިތަރުކާރީ ބޭނުން ކޮށްގެން މޫނު މަތީގައި އުނގުޅޭނެ މާސްކެއްވެސް ހެދިދާނެއެވެ. މިގޮތުން ކިއުކަމްބާއިން ހަދާ މި މާސްކުން ލިބިދޭ ފައިދާތަކަށް ބަލާލާނަމެވެ.

ކިއުކަންބާއަކީ ހަންގަނޑުގައި ބިހި ނެގުން މަދުކޮށްދޭ ތަރުކާރީއެކެވެ. ހޫނު ދުވަސްވަރު ހަނގަނޑު ތެޔޮވެ، ބިހި ނެގުމުގެ ފުރުސަތު އިތުރުކޮށްދެއެވެ. މިފަދަ ހާލަތެއްގައި ކިއުކަންބަރއަކީ ބިހި ނެގުން މަދު ކޮށްދިނުމުގެ އިތުރުން ހަންގަނޑު ސާފުކޮށްދީ، ހަންގަނޑަށް ފިނި ކަމެއް ގެނެސްދޭ އެއްޗެކެވެ. އެންޓި-އިންފްލެމޭޓޮރީ ޕްރޮޕަޓީސް އާއި އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި މި ތަރުކާރީއަކީ ހަނގަނޑުގެ މައްސަލަތައް މަދުކޮށްދޭ އެއްޗެއްވެސް މެއެވެ. 

ކިއުކަންބާރއަކީ ހަމައެކަނި ހަންގަނޑަށް ރަނގަޅު އެއްޗެއް ނޫނެވެ. މިއީ ލޮލަށްވެސް ތަފާތު ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ލޮލުގެ ދުޅަ ތިރިކޮށްދޭ އެއްޗެއްވެސް މެއެވެ.

ކިއުކަންބާރއަކީ މީހާ ޒުވާން ކަން މަތީގައި ދަމަހައްޓައިދޭ އެއްޗެކެވެ.  މިގޮތުން ކިއުކަންބާރ ބޭނުން ކޮށްގެން ތައްޔާރުކުރާ މާސްކަކީ ވިޓަމިން ސީ އާއި ފޮލިކް އެސިޑް އިން ފުރިފައިވާ އެއްޗެކެވެ. މިއީ ހަންގަނޑުގެ ރޫތައް ނައްތާލައިދީ، މީހާ ޒުވާން ކަން މަތީގައި ދަމަހައްޓައިދޭ އެއްޗެއްވެސް މެއެވެ.

ކިއުކަންބަރ އަކީ ހަންގަނޑު ހައިޑްރޭޓް ކޮށްދޭ އެއްޗެކެވެ. ކިއުކަންބަރގައި އެކުލެވިގެންވާ ބައިތަކުގެ ތެރޭގައި 90 އިންސައްތައަކީ ފެނެވެ. އެހެންކަމުން ކިއުކަންބަރއާއި އެލޯވޭރާ އަދި މާމުޔާއި އެއްކޮށްލުމުން މިއީ ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ. ހަމަމިއާއެކު މިއީ ހަންގަނޑު ހައިޑްރޭޓް ކޮށްދީ، ތާޒާ ކޮއްދޭ އެއްޗެއް ކަމުގައިވެސް ފާހަގަ ކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް