ads
އެއާ ފްރާންސް
އެއާ ފްރާންސުން 7500 އަށް ގިނަ މީހުން ވަޒިފާއިން ވަކިކުރަނީ
ކޮވިޑް-19 އާ ގުޅިގެން ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި 7،580 މީހަކު ވަޒީފާއިން ވަކިކުރަން އެއާ ފްރާންސުން ނިންމައިފި އެވެ.

ހުކުރު ދުވަހު އެއާ ފްރާންސްއިން ނިންމި މި ނިންމުމާއިއެކު އެ ކުންފުނީގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން 17.5 އިންސައްތަ މީހުންގެ ވަޒީފާ ގެއްލިގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

2022 ގެ ނިޔަލަށް ޔޫރޮޕްގެ ދެވަނަ އަށް އެންމެ ބޮޑު އެއާލައިން ކަމަށްވާ އެއާ ފްރާންސްއިން 6،560 ވަޒީފާ ކަނޑާލާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ސަބްސިޑިއަރީ، ހޮޕް އިން 1،020 ވަޒީފާ ކަނޑާލެވޭނެކަމަށް ވެސް ބުނެ އެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނީ އެއާ ފްރާންސަށް 84 ބިލިއަން ޑޮލަރުގެ ގެއްލުން މިއަހަރު ލިބޭނެ ކަމަށެވެ. 

އަދި ކޮވިޑް-19 އާ ގުޅިގެން ދުވާލެއްގެ މައްޗަށް 16.9 މިލިއަން ޑޮލަރުގެ ގެެއްލުން ލިބޭ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި އަލުން، ފައިދާވާ ކުންފުންޏަކަށް ވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ވެސް ބުނެ އެވެ.

އެކުންފުނިން ލަފާކުރާ ގޮތުގައި ކޮވިޑް-19 ގެ ކުރިން ކުންފުނި ހިނގަމުން ދިޔަ ގޮތަށް އަލުން އަނބުރާ ދެވޭނީ 2024 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް