ads
ސްޓެލްކޯ މައި އޮފީސް--- ފޮޓޯ: ސީއެންއެމް
ބަހާލައިގެން ބިލު ދެއްކުމަށް މިއަދުން ފެށިގެން އެދެވޭނެ: ސްޓެލްކޯ
ކްރަންޓް ބިލު ބަހާލައިގެން ދެއްކުމަށް މިއަދުން ފެށިގެން އެދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން މާޗް، އޭޕްރިލް، މޭ އަދި ޖޫން މަހުގެ ބިލްތައް މާލީ ހާލަތު ހުރިގޮތުން ދެއްކުމަށް ދަތިފަރާތްތަކަށް ބަހާލައިގެން ބިލު ދެއްކުމަށް އެދި މިއަދުން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށެވެ. 

އެގޮތުން ސްޓެލްކޯގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެންވެސް ފޯމް ހުށަހެޅޭނެ ކަމަށާއި، އަދި އެ ކުންފުނީގެ ކައުންޓަރުންވެސް ފޯމް ލިބޭނެ ކަމަށް މައުލޫމާތުދީފައި ވެއެވެ. 

ޖޫން މަހުގެ ކަރަންޓު ބޮޑުވެ، އެކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން ކޮށްފައިވާއިރު މިދިޔަ މަހުގެ ބިލުން 40 އިންސައްތަ ސަބްސިޑީ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ބިލުތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް