ads
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަފާރީ ރޭޕް ކޭހާ ގުޅިގެން ފުލުހުންގެ ވާހަކަ ގަބޫލުކުރަން ދަތި: އުޝާމް
ސަފާރީ ރޭޕް ކޭހާ ގުޅޭ ގޮތުން ފުލުހުން ދައްކާ ވާހަކަ ގަބޫލުކުރަން ދަތިކަމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަޅާފައިވާ ސަފާރީގައި ހިނގި ރޭޕްކޭސްއާ ގުޅިގެން އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭޕް ފަދަ ކޭސްތަކުގެ ހެކި ހޯދުމަށް ފަސޭހަވާނީ  "ގޯލްޑެން އަވާ" ތެރޭގައިކަމަށާއި އެކަން ކުރަން ފުލުހުންނަށް އެނގޭނެކަމަށެވެ.

އަދި ސަފާރީގައި ހިނގާދިޔަ ރޭޕް ކޭސްއާ ގުޅިގެން ފުލުހުން ދައްކާ ވާހަކަ ގަބޫލުކުރަން ދަތިކަމަށާއި އެ މައްސަލަ ހިނގާދިޔަ ގޮތް ސާފުކޮށް ރައްޔިތުންނަށް ބުނެދޭން ޖެހޭކަމަށް ވެސް ބުނެފައިވެ އެވެ. 

ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ސަފާރީއަށް ދިޔަ މީހާ ރޭޕްނުކުރާކަމަށާއި ތުހުމަތު ކުރެވޭ މީހުން އެ އަންހެން މީހާގެ ގުނަވަނެއްގައި އަތްލުމައް މަސައްކަތް ކުރީކަމަށެވެ. އަދި ތުހުމަތު ކުރެވޭ ދެމީހުން ދޫކޮށްލީ ހެކި ހޯދައި ދައުވާކުރުމަށް ފަސޭހަ ވާނެތީކަމަށް ބުނެފައިވެ އެވެ.

 އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަށް  ފާޑުކިޔަމުންނެވެ. އަދި އެފަދަ އަމަލު ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު އެކަމާ ދެކޮޅަށް މުޒާހަރާތައް ވެސް ކުރަމުން އަންނަކަން ފާހަގަކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް