ads
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު--
ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖާކުރަނީ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖާ ކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖާ ކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާކަމަށެވެ. 

އެގޮތުން މާލެސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. 

ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހައެއް ޖުލައި އިން ފެށިގެން 23 ޖުލައިގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އަށް ކަމަށް ވެސް އެމިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

ފަގީރުންގެ ލިސްޓް މުރާޖާ ކުރުމަށް ނިންމާފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު މިއަހަރުގެ ފިތުރު ޒަކާތް ކުރީ އަހަރުގެ ފަގީރުންގެ ލިސްޓަށް ބެހުމަށް ނިންމާފައިވާކަން ހާމަކުރުމުން އިސްލާމިކް މިނިސްޓްރީއަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިތުރު ޒަކާތް އެގޮތަށް ބެހުމަށް ނިންމާފައިވަނީ ކޮވިޑް19 އާއި ގުޅިގެން ފަގީރުންގެ ލިސްޓް މުރާޖާ ކުރުމަށް ދަތިތަކަކާ ކުރިމަތިވުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް