ads
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބެހެއްޓި ޕީސީއާރު މެޝިން
ކުޅުދުއްފުށީގައި ކޮވިޑަށް ޓެސްޓުކުރަން ފަށައިފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ކުރަން ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މޭނަޖަރު އަހުމަދު ދާއޫދު ވިދާޅުވީ އެ ހޮސްޕިޓަލުން ޕިސީއާރުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި  އެގޮތުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކުންފުނިން ކަމަށާއި އަދި ލެބްގެ ސިވިލް މަސައްކަތްތައް މި މަހުގެ ހަތަރު ވަނަ ދުވަހު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

ދާއޫދު ވިދާޅިވި ގޮތުގައި ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް އެ ހޮސްޕިޓަލަށް ލިބުނީ 17 ޖޫންގައި އެވެ.

"މިދިޔަ ހަފްތާއިން ފެށިގެން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތް ކޮށް އޮންލައިންކޮށް އިތުރު ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވާނެ. މިހާރު މި ހޮސްޕިޓަލުން ވެސް ރިއަލްޓައިމް ޕީސީއާރު ޓެސްޓް ކުރެވޭނެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަން ޔަޤީން. ކުރިއަށް އޮތްތަނުގައި ޖީން އެކްސްޕާޓް ކާޓްރިޖްތައް ވެސް މި ކޮޅަށް ލިބޭނެ. ޖީން އެކްސްޕާޓް މެޝިންއިން ޓެސްޓް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ހުރީ ނިމިފައި" ދާއޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން ދާއޫދު ވިދާޅުވީ ކޭއާރުއެޗުގެ ދެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ފުލް ކެޕޭސިޓީގައި އަދި އޮޕަރޭޓް ނުކުރެވުނު ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން ތަމްރީނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެތަނުގައި މިހާރު ކޮވިޑަަށް ޓެސްޓުކުރަން ފެށުމާއި އެކު އެ ހޮސްލިޓަލުވެފައި މިވަނީ އަތޮޅު ތެރެއިން ކޮވިޑަށް ޓެސްޓުކުރާ ދެވަަނަ ހޮސްޕިޓަލަށެވެ. މިހާރު އަންނަނީ އައިޖީއެމްއެޗުންނާއި އޭޑީކޭ އަދި ފުލުހުންގެ ލެބުގެ އިތުރުން އައްޑޫ ސިޓީގައި ވެސް ކޮވިޑަށް ޓެސްްޓުކުރަމުންނެވެ. މިހާރު ޑަބްލިިއުއެޗްއޯ އިން ވަނީ އަތޮޅުތެރޭގެ އިތުރު ފަސް ސަރަހައްދެއްގައި ޓެސްޓުކުރުމަށް ބޭނުންވާ ކާޓްރިޖްތައް ސަރުކާރާ ހަވާލުކޮށްފައެވެ. އެހެންކަމުން، ވަރަށް އަވަހަށް އެ ތަންތަނުގައި ވެސް ބައްުޔަށް ޓެސްޓްކުރަން ފެށޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް