ads
ފޮޓޯ: ފޮރިން މިނިސްޓްރީ
މަސްވެރިކަމާއި ގެދޮރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް
މަސްވެރިކަމާއި ގެދޮރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއްގައި ސައުދީ ސަރުކާރާއި އެކު ސޮއި ކޮށްފި އެވެ.

ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއާއި، މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. 

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ސައުދީން މި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއެހީއާއެކު މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްޤީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެ ކަމަށެވެ. މި މަޝްރޫގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިންގާ މަޝްރޫއުން މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25،000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

25 އަހަރުން ދައްކާގޮތަށް ސައުދީން ދީފައިވާ މި ލޯން އެހީގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި މި ލޯން އެހީއަކީ ދެ އިންސައްތަ އިންޓްރެސްޓް ހިމެނޭ ލޯނެއްކަންވެސް ފާހަގަކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް