ads
އައިޑީކާޑު--
އައިޑީ ކާޑު ހެއްދުމާއި އާކޮށްދިނުމުގެ ހިދުމަތް އަލުން ފަށައިފި
ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި އައިޑީ ކާޑުގެ ހިދުމަތާއި އާކޮށްދިނުމުގެ ހިދުމަތް އަލުން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނީ މެދުކެނޑުމަކަށް ފަހު، އައިޑީ ކާޑުގެ ހިދުމަތާއި އާކޮށްދިނުމުގެ ހިދުމަތަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. 

އެގޮތުން އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އައިޑީކާޑު ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކާޑު ބަލާއި އައުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާއި ފޯނު ނަމްބަރަށް ފޮނުވޭނެ ކަމަށް ވެސް އެތަނުން ބުނެ އެވެ. 

ޑީއެންއާރުން ބުނީ ކާޑު ބަލާއި ދާން ޖެހޭނީ ކާޑުގެ ވެރިފަރާތުން ކަމަށެވެ. އެކަމަކު 18 އަހަރު ނުފުރޭ ކުދިންގެ އައިޑީކާޑު އެކުދިންގެ ކާޑު ހިފައިގެން އަންނަ ބެލެނިވެރިއަކަށް ހަވާލުކުރެވޭނެ ކަމަށް ވެސް ޑީއެންއާރުން ބުނެ އެވެ.

އޭގެ އިތުރުން ޑީއެންއާރުން ބުނީ ކާޑު ބަލާއި ވެރިފަރާތަށް ނާދެވޭކަމަށްވާނަމަ، ފޯމު ހުށަހަޅާއިރު ކާޑާއި ހަވާލުވާނެ ފަރާތުގެ މައުލޫމާތާއި ސަބަބު ބަޔާންކޮށް ސިޓީއެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އައިޑީކާޑު ހެއްދުމުގެ ހިދުމަތް މެދުކަޑާލާފައިވާތީ އައިޑީކާޑު ނެތިގެން އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާތަކާއެކު ޑީއެންއާރުން ވަނީ މުއްދަތު ހަމަވެފައިވާ އައިޑީކާޑުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް