ads
ކުރީގެ މެމްބަރު މުހައްމަދު އަމީތު--
ޖަޕާނުގައި ހުންނަ ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް ކުރީގެ މެމްބަރު އަމީތު ހަމަޖައްސައިފި
ޖަޕާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުގެ ނައިބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ހަމަޖައްސައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އަމީތް ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 29 ޖޫންގައި ކަމަށެވެ. 

އެމްބެސަޑަރުގެ ނައިބުގެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރުންގެ ލެވަލްގެ މަގާމެކެވެ. 

ނިމިދިޔަ މަޖިލީހުގައި ޕާޓީ ބަދަލުކުރުމުން ކަމަށްބުނެ ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި އަމީތު ހިމެނިވަޑައިގަތެވެ. އަމީތު ހިމެނިފައިވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ފުރަތަމަ ހަތަރު މެމްބަރުންގެ ތެރޭގައެވެ. 

ނިމިދިޔަ މަޖިލީހުގެ އިންތިހާބުގައި ވެސް އަމީތު ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކޮށްފައެވެ. އެހެން ނަމަވެސް އޭނާއިން އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް