ads
އައިޕީއެލް މެޗެއްގެ ތެރެއިން ލަންކާގެ މަލިންގާ އަދި އިންޑިޔާގެ ޑޯނީ
އައިޕީއެލް އިންޑިޔާއިން ބޭރުގައި!
މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އިންޑިއަން ޕްރިމިއާ ލީގު، އިންޑިޔާއިން ބޭރުގައި މި އަހަރު ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އައިޕީއެލް ބާއްވާނެ ކަމަށް ބެލެވެނީ އެ ކަމަށް އެދި ޝައުގުވެރިކަން ފާޅުކޮށްފައިވާ ސްރީލަންކާ ނުވަތަ އެކުވެރި އަރަބި އިމާރާތުގަ އެވެ.  

ކޮވިޑް-19އާ ގުޅިގެން، ދުނިޔޭގެ އެންމެ އަގުބޮޑު ކުރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލް މުބާރާތުގެ ފެށުން ދެ ފަހަރަށް ފަސްކުރުމަށްފަހު، އެންމެ ފަހުންވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ރައްކާތެރިކަމުގެ ގޮތުން މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ވަނިކޮށް އެ މުބާރާތް ހޯސްޓް ކޮށްދެވިދާނެ ކަމަށް އެންމެ ފުރަތަމަ ހުށަހެޅީ އަވަށްޓެރި ލަންކާއިން ނެވެ. ލަންކާގެ ހުށަހެޅުމަށް އިންޑިޔާގެ ކްރިކެޓް ބޯޑުން ވަކި ގޮތެއް ނިންމާފައި ނުވަނީސް، އެކުވެރި އަރަބި އިމާރާތުންވެސް މުބާރާތް ބާއްވައިދޭން ތައްޔާރަށް ތިބި ކަމަށް މިހާރުވަނީ ހުށަހަޅާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި ކޮވިޑުގެ ނުރައްކާ އޮތް ގޮތުންނާއި، އަދި ބަލި ފެތުރެމުންދާ ގޮތުން މުބާރާތް މި އަހަރު އިންޑިޔާގައި ބޭއްވުމަކީ ނާދިރުކަމެކެވެ. މި މުބާރާތް އިންތިޒާމްކުރާ އިންޑިޔާގެ ކްރިކެޓް ބޯޑުން މަޑުކޮށްގެންތިބީ، އިންޓަރނޭޝަނަލް ކްރިކެޓް ބޯޑުން، މި އަހަރުގެ ކްރިކެޓް ވޯލްޑްކަޕާ މެދު ގޮތެއް ނިންމާނެ ވަގުތަކަށެވެ.

އިންޑިޔާގެ ހާލަތު އޮތް ގޮތުން، މި އަހަރު އިންޑިޔާގައި މުބާރާތް ބޭއްވިދާނެ ކަމަކަށް ނުފެނޭ. ބޮޑަށް ބުރަވެވެނީ މި އަހަރުގެ މުބާރާތް އިންޑިޔާއިން ބޭރުގައި ބޭއްވުން.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގެ މި އަހަރުގެ މުބާރާތް ފަށަން އެންމެ ފުރަތަމަ އޮތީ މާރިޗު މަހުގެ އޮނަތިރީސްވަނަ ދުވަހު އެވެ. އޭގެ ފަހުން، އޭޕްރީލް ފަނަރަ ވަނަ ދުވަހު ފެށުމަށް ތާވަލު ކުރުމަށް ފަހު އެންމެ ފަހުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖުބޫރުވީ އެވެ. މުބާރާތާ ގުޅޭ ގޮތުން ކުރިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭގައި ސަޕޯޓަރުން ނުވައްދާ މެޗުތައް ކުރިއަށް ގެންދިޔުމާއި އަދި ބިދޭސީ ކުޅުންތެރިން ނުހިމަނާ މުބާރާތް ކުރިއަށް ގެންދިޔުންވެސް ހިމެނެ އެވެ. އެހެންނަމަވެސް މިއިން އެއްވެސް މަޝްވަރާއެއް ކޮޅެއްގައި ޖެހި އަދި ވަކިގޮތެއް ނުނިމެ އެވެ.

އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ. ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް