ads
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ--
ރައީސް ޔާމީން އުޅުއްވަނީ އާލާސްކަންފުޅާ: އަބްދުއްރަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ އާލާސްކަންފުޅާ ކަމަށާއި އެމަނިކުފާނަށް ހިނގާބިނގާވެ ނޫޅޭވެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކަމަށާއި މިއަދު މި ސަރުކާރުގެ އަނިޔާވެރިކަން އަރުގައި ލާފައިވާ ކަމަށެވެ. 

"ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ ގޮތުގައި ރައީސް ޔާމީން އުޅުއްވަނީ ވަރަށް ބޮޑަށް ހާލާސްކަންފުޅާ. އަމިއްލަފުޅަށް ތެދުވެވަޑައިގެން ހިނގާބިނގާވެ އުޅެން ވެސް މިއަދު ދަތި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެކަމަކީ އިދިކޮޅަށް ކެތްނުކުރެވޭވަރުގެ ހިތާމައެއް ކަމަށާއި އަދި އެހާމެ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން މިހާރުން މިހާރަނަށް ގެއަށް ބަދަލުކޮށްދެއްވުމަށް ވެސް ސަރުކާރަށް ގޮވާލެއްވި އެވެ. 

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާކުރިކަމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތް އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް