ads
ސާޖިއޯ ރާމޯސް އަދި ހަޒާޑް
ރާމޯސްގެ ޕެނަލްޓީއަކުން އަނެއްކާވެސް ރިއާލްއަށް މޮޅެއް
ކެޕްޓަން ސާޖިއޯ ރާމޯސްގެ ޕެނަލްޓީއަކުން އަނެއްކާވެސް ރިއާލް މެޑްރިޑް މޮޅުވެ ޓޭބަލްގެ އެއްވަނައިގަ ފަރަގު ބޮޑުކޮށްފިއެވެ. އެންމެ ފަހުން ކުޅުނު މެޗުގައިވެސް ރިއާލް މެޑްރިޑު މޮޅުވީ ލިބުނު ޕެނަލްޓީއަކުން ރާމޯސް ޖެހި ގޯލަކުންނެވެ.

އާދިއްތަ ދުވަހު ރިއާލް މެޑްރިޑް މޮޅުވީ އެތުލެޓިކް ބިލްބާއޯ އަތުން އެއް ލަނޑު ސުން ލަނޑުންނެވެ. މި ނަތީޖާއާއި އެކު ރެއާލުން އެއްވަނައިގަ އޮތީ ހަތް ޕޮއިންޓުގެ ފަރަގަކާއި އެކު އެވެ. އެހެންނަމަވެސް ބާސެލޯނާއާއި ވިޔަރެއާލް އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ރިއާލްއާ ބާސާއާ ދެމެދު އޮތް ފަރަގު ކުޑަވާނެއެވެ.

ރާމޯސްގެ ޕެނަލްޓީން ހޯދި ތިން ޕޮއިންޓާ އެކު ރެއާލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 34 މެޗުން ލިބުނު 77 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. އާދިއްތަ ދުވަހުގެ ރޭ ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗަކީ ބާސާގެ 34 ވަނަ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް