ads
އަބްދުއްރަހީމް
ސަރުކާރު ފެއިލްވީމަ ހުރިހާ ހަސްކާއެއް ބާލަނީ ރައީސް ޔާމީނަށް: އަބްދުއްރަހީމް
މި ސަރުކާރު ބޮޑު ތަނުން ފެއިލްވުމުން އެކަމުގެ "ހަސްކާ" ބާލަމުން ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ މިސަރުކާރުން ރައީސް ޔާމީނާ މެދު ކަންކަން ކުރައްވަމުން ގެންދަވާ ގޮތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވުމުގެ ސަބަބުން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން މިއަދު ދޮޅު ލައްކައަށް ވުރެ ގިނަ މީހުން ރައީސް ޔާމީނަށް ތާއީދުކުރައްވާ ކަމަށެވެ. 

ރައީސް ޔާމީނަށް އެވަރަށް އަނިޔާ ނުދެއްވުމަށް އެދިވަޑައިގެން އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނުގެ ވެސް އާއިލާއެއް އެބަ އޮތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު އެމަނިކުފާނަށް ހިނގާބިނގާވެ ނޫޅޭވޭތީ، އާއިލާ ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަބުދުއް ރަހީމް ވަނީ އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް ވެސް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

މީގެ ކުރިން ވެސް އިދިކޮޅުން ތަކުރާރުކޮށް ފާހަގަކުރަމުން އައީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ނުހައްގުން އިއްވާފައިވާ ހުކުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް