ads
ފިޔަވަތި-- ވީނިއުސް
ކުޑަ ކުދިންގެ ހިޔާގެ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ކުދިން ބަލަހައްޓާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އެގޮތުން ޕޮޒިޓިވްވި މީހާއަކީ އައިޖީއެމްއެޗުގައި އޮތް ބަލި މީހެއްގެ އާއިލާގެ މީހެއް ކަމަށާއި އެ ކޭސް އާއި ގުޅިގެން ފިޔަވަތީގެ 11 މުވައްޒަފުންނާއި 21 ކުއްޖަކު ކަރަންޓީންކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އެކުދިން ކަރަންޓީން ކުރެވިފައި ވަނީ ފިޔަވަތީގައި ވަކިން ހަދާފައިވާ ތަނެއްގައި ކަމަށެވެ. 

އަދި ކަރަންޓީން ކުރެވުނު ކުދިންގެ އުމުރަކީ ހަ އަހަރާއި 11 އަހަރާއި ދެމެދު ކުދިން ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 100 އަށް ވުރެ ގިނަ ކުދިން އުޅޭއިރު އެތަނުގައި އުޅެނީ 12 އަހަރުން ދަށުގެ ކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް